ސަރކިއުލަރ / ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްގެ މަސްޢޫލިއްޔަތު ޙަވާލުކުރާ ފަރާތްތަކަށް އެބޭފުޅަކު ޢައްޔަންކޮށްފައިވާ ކޯޓުގައި ހުންނަވައިގެން ދާއިރާގެ މަސްޢޫލިއްޔަތު އަދާކުރެވޭ ފަރާތްކަމުގައި ހަމަޖެއްސުން

ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްގެ މަސްޢޫލިއްޔަތު ޙަވާލުކުރާ ފަރާތްތަކަށް އެބޭފުޅަކު ޢައްޔަންކޮށްފައިވާ ކޯޓުގައި ހުންނަވައިގެން ދާއިރާގެ މަސްޢޫލިއްޔަތު އަދާކުރެވޭ ފަރާތްކަމުގައި ހަމަޖެއްސުން

02/12/2021

މެޖިސްޓްރޭޓް ކޯޓުތަކުގެ މަސައްކަތްތައް އިންތިޒާމުކޮށް ތަރުތީބުކުރުމަށާއި އެ ކޯޓުތަކުގެ އިދާރީ ހިންގުން ފަސޭހަކުރުމަށްޓަކައި، ކޮންމެ ޖުޑީޝަލް ދާއިރާއަކަށް އެ ދާއިރާއެއްގައި ހިމެނޭ މެޖިސްޓްރޭޓުންގެ ތެރެއިން އެ ދާއިރާގެ އިސް މެޖިސްޓްރޭޓުގެ މަސްއޫލިއްޔަތު އަދާކުރާނެ މެޖިސްޓްރޭޓަކު ކޮމިޝަނުން ޢައްޔަންކުރުމުން، ދާއިރާ އިސް މެޖިސްޓްރޭޓުގެ މަސްއޫލިއްޔަތު އަދާކުރުމަށް ޢައްޔަންކުރާ ފަނޑިޔާރަކަށް އެ ފަނޑިޔާރަކު ކޯޓު ބަދަލުކުރެއްވުން ލާޒިމް ނުވުމާއެކު، ޢައްޔަންކޮށްފައިވާ ކޯޓުގައި ހުރެގެން ދާއިރާ އިސްމެޖިސްޓްރޭޓްގެ މަސްޢޫލިއްޔަތު އަދާކުރެވޭނެއެވެ. 

 

މި ސަރކިއުލަރއަށް ޢަމަލުކުރަން ފެށުމާއި ގުޅިގެން މި ކޮމިޝަންގެ ނަންބަރު JSC/2015/CIR/06 (16 މާރިޗު 2015) ސަރކިއުލަރ ގެ "ޖުޑީޝަލް ދާއިރާތަކުގެ ވެރިކަންކުރާ ރަށުގައި ހުންނަ މެޖިސްޓްރޭޓް ކޯޓުގައި 2 މެޖިސްޓްރޭޓްގެ މަގާމު އުފެއްދުން" ސުރުޚީގެ ދަށުންވާ ނުކުތާ ބާތިލް ވާނެއެވެ. 

ހިމަނާފައިވާ ލިޔުންތައް

682_20211205.pdf