ސަރކިއުލަރ / ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުން

ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުން

27/02/2024

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރި ތިރީގައި މި ދަންނަވާ ބޭފުޅުން 2024 ފެބްރުވަރީ 27 ގައި މަޤާމުގެ ހުވައިކުރައްވައި އަދި އެ މަޤާމުގެ ފަތްކޮޅު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ އެ ބޭފުޅުންނަށް އަރުވާފައެވެ. 

1.     ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ނ.ކުޑަފަރި / ކުރެއިމާ އަލްއުސްތާޛު އަބާން ޢަބްދުﷲ

2.     ރ.އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ރ.އުނގޫފާރު / ވީލްޑެން އަލްއުސްތާޛު ރިމާޙު މުޙައްމަދު

3.     ޅ.ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ޅ.ނައިފަރު / އަތަ އަލްއުސްތާޛާ އުސްރަތު މުޙައްމަދު 

4.     ކ.ދިއްފުށި މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް މާލެ / ދަފްތަރު ނަންބަރު ރސ 14060 އަލްއުސްތާޛު މަނާފް އިބްރާހީމް 

5.     އދ.މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ފ.ބިލެތްދޫ / ބަސީރީހިޔާ އަލްއުސްތާޛު ޖައިލަމް ތައުފީޤް

6.     ދ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ފ.ނިލަންދޫ / އުނިމާގެ އަލްއުސްތާޛު މޫސާ އިސްމާޢީލް 

7.     ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ސ.ހިތަދޫ / ދުބުހިމާގެ އަލްއުސްތާޛާ ނަހުޝާ ރަޝީދު

ހިމަނާފައިވާ ލިޔުންތައް

2024-02-27_CIR_03_NewlyAppointedMagistrates.pdf