ވިސްލްބްލޯވަރ ޕްރޮޓެކްޝަންއޮފިސަރ
އެސިސްޓެންޓް ޑިރެކްޓަރ އަލްއުސްތާޛާ ލުބާނަތު އިސްމާޢީލް
ދަޢުލަތުގެ އިދާރާއެއް ނުވަތަ އަމިއްލަ ފަރާތަކުން ތިރީގައި ބަޔާންކޮށްފައިވާފަދަ ނޭދެވޭ ޢަމަލެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކޮށްފާނެކަމުގެ މަޢުލޫމާތު، ހުށަހެޅުމަކީ ވިސްލްބްލޯކުރުމެވެ.
(ހ) ޤާނޫނީ ޒިންމާއެއް އަދާނުކުރުން؛
(ށ) އިންސާނީ ޙައްޤަކާ ޚިލާފު ޢަމަލެއް ކުރުން؛
(ނ) ބައިނަލްއަޤްވާމީ އިންސާނިއްޔަތުކަމުގެ ޤާނޫނަކާ ޚިލާފުކަމެއް ކުރުން؛
(ރ) ކޮރަޕްޝަން؛
(ބ) ޢާންމު ޞިއްޙަތަށް ނުވަތަ ޢާންމު ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވާ ފަދަ ކަމެއްކުރުން؛
(ޅ) ތިމާވެއްޓަށް ނުރައްކަލެއް ކުރިމަތިވާ ފަދަ ކަމެއްކުރުން؛
(ކ) ދައުލަތުގެ މަޤާމުގެ ނަހަމަ ބޭނުންކުރުން؛
(އ) ޢަދުލު އިންޞާފަށް ހުރަސްއެޅުމުގެ ޢަމަލެއް ކުރުން ނުވަތަ 'މިސްކެރިޖް އޮފް ޖަސްޓިސް' ގެ ޢަމަލެއް ކުރުން؛
(ވ) ދައުލަތުގެ ވަސީލަތެއް ބޭކާރުކުރުން ނުވަތަ ބޭނުންކުރުމުގައި އިހުމާލުވުން؛
(މ) ޖިނާއީ ނުވަތަ އިދާރީ ކުށެއްކަމަށް ޤާނޫނެއްގައި ބަޔާންކޮށްފައިވާ ކޮންމެ ކަމެއް ކުރުން؛
(ފ) ވިސްލްބްލޯކުރުމުން ބަދަލުހިފުން؛
އަދި މަތީގައި ބަޔާންކޮށްފައިވާ ކަންކަމުންކުރެ ކަމެއް ފޮރުވުމުގެ ގޮތުން ޤަޞްދުގައި ކުރާ އެއްވެސް ކަމެއް
ވިސްލްބްލޯ ކުރެވިދާނެ ފަރާތްތައް
(1) ދައުލަތުގެ މުވައްޒަފެއް؛
(2) އަމިއްލަ ފަރާތެއްގެ މުވައްޒަފެއް؛
(3) :އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ހައިސިއްޔަތު ލިބިފައިވާ ޤާނޫނީ އެއްވެސް ޝަޚްޞެއް
ވިސްލްބްލޯކުރާ ކޮންމެ ފަރާތަކަށްވެސް ކޮން ފަރާތެއްކަން ނޭނގޭގޮތަށް މަޢުލޫމާތު ހުށަހެޅުމުގެ ޙައް ޤު ލިބިގެންވެއެވެ.
މަޢުލޫމާތު ހުށަހެޅޭނެ ގޮތްތައް
- ސިޓީއިން؛
- ފޯން ކޯލުން؛
- އިލެކްޓްރޯނިކް މެއިލް ނުވަތަ އިލެކްޓްރޯނިކް މެސެޖް މެދުވެރިކޮށް؛
- އޯޑިއޯ ފައިލުން؛
- ވީޑިއޯ ކްލިޕަކުން؛
- ޙާޞިރުވެ ހުރެގެން؛
- ވިސްލްބްލޯކުރުމުގެގޮތުން މަޢުލޫމާތު ހުށަހަޅާ ފޯމު މެދުވެރިކޮށް؛
ވިސްލްބްލޯ ކުރާ ފަރާތްތަކުން ހުށަހަޅަންވާނެ މަޢުލޫމާތު
- ތުޙުމަތުކުރާ ނޭދެވޭ ޢަމަލަކީ ކޮބައިކަން؛
- ނޭދެވޭ ޢަމަލު ހިންގަމުންދާ ނުވަތަ ހިންގާފައިވާ ނުވަތަ ހިންގަފާ ނެކަމަށް ތުޙުމަތުކުރެވޭ ފަރާތް ނުވަތަ ފަރާތްތަކަކީ ކޮންބައެއްކަން އެނގޭނެ މަޢުލޫމާތު؛
- ވިސްލްބްލޯކުރާ މައްސަލަ ހިނގި ނުވަތަ ހިނގަމުންދާ ނުވަތަ ހިނގާފާނެ ކަމަށް ބެލެވޭ ޑިޕާޓްމަންޓުތަކާއި، ޔުނިޓްތަކާއި، ބްރާންޗްތަކާއި އަދި މިނޫންވެސް ތަންތަނާ ގުޅުންހުރި މަޢުލޫމާތު އެނގޭނަމަ، އެ މަޢުލޫމާތު؛
- ވިސްލްބްލޯކުރާ މައްސަލައިގެ ތަޙްޤީޤަށް ބޭނުންކުރެވިދާނެ އެއްވެސް ހެއްކެއް ނުވަތަ މަޢުލޫމާތެއް ނުވަތަ ލިޔެކިޔުމެއް ވިސްލްބްލޯކުރާ ފަރާތަށް ލިބިފައިވާނަމަ އެ މަޢުލޫމާތު
މަޢުލޫމާތު ހުށަހެޅުމުގެ މުއްދަތު
- ވިސްލްބްލޯކުރުމުގެ މަޢުލޫމާތު ބިނާކޮށްފައިވާ ހާދިސާ ހިނގާ ތާރީޚުން ފެށިގެން ގިނަވެގެން 2 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި އެތެރޭގެ އިންތިޒާމަށް އެ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.
ވިސްލްބްލޯވަރ ޕްރޮޓެކްޝަން އޮފިސަރ:
އެސިސްޓެންޓް ޑިރެކްޓަރ އަލްއުސްތާޛާ ލުބާނަތު އިސްމާޢީލް
ވިސްލްބްލޯކުރުމުގެގޮތުން މަޢުލޫމާތު ހުށަހަޅާ ފޯމު: ޑައުންލޯޑް