- މުހިންމު މަޢުލޫމާތު
- ކޮމިޝަން
- މެންބަރުން
- މަސައްކަތްތައް
- އަޅުގަނޑުމެންނާ ގުޅުއްވާ
ސިވިލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ ޢަލީއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން
ސިވިލް ކޯޓުގެ ޤަޟިއްޔާއިން ބައްލަވާ މައްސަލައަށް ހާޒިރުވުމަށްޓަކައި އަމުރު ލިބުނުއިރު، މެޖިސްޓްރޭޓް ކޯޓަކުން ބައްލަވާ މައްސަލައާ ގުޅިގެން ހަމަ އެ ފަރާތަށް، އެ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވުމުގެ އަމުރު ލިބިފައިވާތީ، ފަހުގެ ތާރީޚަކަށް ސިވިލްކޯޓުގެ މައްސަލަ ހަމަޖައްސައިދިނުން އެދި ސިވިލް ކޯޓަށް ހުށަހަޅާފައި ވަނިކޮށް،...
ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޚަދީޖާ ލީނާއާ ގުޅޭގޮތުން ތަހުޤީޤު ކުރެވުނު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމުން
ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ 22-1 ވަނަ މާއްދާގެ (ބ)ގެ ދަށުން ކޮމިޝަނަށް ހުށަހެޅުނު 2019/97 ނަންބަރު ޝަކުވާއާ ގުޅިގެން 2019 އޮކްޓޯބަރ 09 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޚަދީޖާ ލީނާގެ ސުލޫކީ މައްސަލަ،...
ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އިސްމާޢީލް މާހިރުއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން
ވައިބަރ ކޮމިއުނިޓީ ގްރޫޕެއް އުފައްދައި އެ ގްރޫޕުގެ ސުޕަރ އެޑްމިންއެއްގެ ގޮތުގައި ހަރަކާތްތެރިވެ، އެ ގްރޫޕުގައި އުޅަނދެއްގެ ދަތުރުފަތުރާ ގުޅޭ މަޢުލޫމާތު ހިއްސާކޮށް، އެ އުޅަނދުން ކުރަމުންދިޔަ ވިޔަފާރި ހިންގުމުގައި އިސްމެޖިސްޓްރޭޓް އިސްމާޢީލް މާހިރު އަމަލީގޮތުން ޙަރަކާތްތެރިވެފައިވާކަން ތަޙުޤީޤަށް ލިބިފައިވާ...
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމުން
ޤާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ޚިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ޚާއްޞަ އަގުތަކެއްގައި ބައްލަވައިގަނެފައިވާކަމަށް އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ޤަޟިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމިކަމަށް ތުހުމަތުކޮށް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ތަޙްޤީޤުކޮށް ބެލިބެލުމުން، ހައިކޯޓުގެ...
ޑްރަގް ކޯޓުގެ ޤާޟީ އައްޝައިޚް މުޙައްމަދު ނަޢީމުގެ ސުލޫކީ މައްސަލައެއް ތަޙްޤީޤްކުރަން ނިންމުން
ޑްރަގް ކޯޓުގެ ޤާޟީ އައްޝައިޚް މުޙައްމަދު ނަޢީމު ފަނޑިޔާރުންގެ ސޯޝަލް މީޑިއާ ގްރޫޕެއްގައި ފޮނުވާފައިވާ މެސެޖެއްގައި، ފަނޑިޔާރެއްގެ ސުލޫކާ ޚިލާފުވާފަދަ ބަސްތަކެއް ބޭނުންކޮށްފައިވާތީ، މި މައްސަލަ ކޮމިޝަނުން އިސްނަގައިގެން ބަލާ ޝަކުވާއެއްގެ ގޮތުގައި ތަހުޤީޤުކުރުމަށް 2022 އޭޕްރީލް 17 ވަނަ ދުވަހު ބޭއްވި މި ކޮމިޝަނުގެ...
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމްއާމެދު ސުލޫކީ ފިޔަވަޅު އެޅުން
ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 10 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 4.5.4 ވަނަ ނަންބަރާ ޚިލާފަށް އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ޖަމްޢިއްޔާއެއް އުފައްދައި އެ ޖަމްޢިއްޔާގައި އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ހަރަކާތްތެރިވެފައިވާކަން ސާބިތުވާ ހިނދު، އަދި، ތަފްރީޤް ކޮށްފައިވާ...
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު ފަނޑިޔާރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު 2022 އޭޕްރީލް 17 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން ވަނީ އިސްތިއުފާދެއްވާފައެވެ. ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އަލްއުސްތާޛު ޢަލީ ސަމީރު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން ވެސް...
ފެމެލީ ކޯޓުގެ އިސްޤާޟީކަމަށް ބޭފުޅަކު އައްޔަނު ކުރުން
ފެމެލީ ކޯޓުގެ އިސްޤާޟީކަމުގެ މަޤާމަށް އަލްއުސްތާޛާ ހުޒައިފާ މުޙައްމަދު ޢައްޔަންކުރުމަށް ކޮމިޝަނުން ނިންމުމާ ގުޅިގެން މަޤާމުގެ ފަތްކޮޅު އަރުވައިފިއެވެ. މިއަދު ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި، މި ބޭފުޅާއަށް ފަތްކޮޅު އެރުއްވީ، ކޮމިޝަންގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސެއިންނެވެ. ފެމެލީ ކޯޓުގެ އިސްޤާޟީކަމަށް...
15 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމުން
ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ބަލިމަޑުކަން ފެތުރުން ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ޚާއްސަފިޔަފަޅުތަކުގެ ތެރޭގައި ސަރުކާރު ބަންދު ކުރަން ނިންމަވައި ނެރުއްވި ދެންނެވުމުގައި، ސަރުކާރު ބަންދުކުރައްވާ މުއްދަތުގައި މެދިކެނޑުމެއްނެތި ރައްޔިތުންނަށް ޙިދުމަތް ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަށް...
ޑްރަގް ކޯޓުގެ (ކުރީގެ ކްރިމިނަލް ކޯޓުގެ) ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރުއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން
ކްރިމިނަލް ކޯޓަށް ހުށަހެޅުނު ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ މުއްދަތު މަޖިލީހުގައި، މައްސަލަ ރައްދުވާ ފަރާތުގެ އެ ޢަމަލަކީ ވަރަށް އާދައިގެ ކަމެއްކަމަށް ދޭހަވާގޮތަށް ވާހަކަ ދައްކަވާފައިކަމަށާއި ބަންދުގައި ބަހައްޓަން ނިންމެވީ ބަންދުން ދޫކޮށްލައިފިނަމަ ނޫސްތަކުގައި އެ ވާހަކަ ޖަހާނެތީކަމާއި އަބަދުވެސް ގޯސްވެފައި...
03 ދާއިރާއަކަށް އިސް މެޖިސްޓްރޭޓުން އައްޔަނު ކުރުން
03 ދާއިރާއަކަށް އިސް މެޖިސްޓްރޭޓުން އައްޔަނު ކުރުމަށް ކޮމިޝަނުން ނިންމާފައިވާ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިއަދު ކޮމިޝަނުގެ އިދާރާގައި ވަނީ ބާއްވާފައެވެ. މިއަދު ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި، މި ބޭފުޅުންނަށް ފަތްކޮޅު އެރުއްވީ، ކޮމިޝަންގެ ރައީސް އަލްއުސްތާޛާ ހިސާން...
ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު އަކްރަމްގެ މައްސަލަ ސާބިތުނުވާކަމަށް ނިންމުން
ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ 22-1 ވަނަ މާއްދާގެ (ބ)ގެ ދަށުން ކޮމިޝަނަށް ހުށަހެޅުނު 2021/14 ނަންބަރު ޝަކުވާއާ ގުޅިގެން 2021 އޮކްޓޫބަރު 12 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު އަކްރަމްގެ ސުލޫކީ...
Page 1 of 36