ފަނޑިޔާރުން ސަރކިއުލަރ ޝަކުވާ ވަޒީފާގެ ފުރުސަތު ޑައުންލޯޑްސް ކްލަސްޓަރ މެޕް ގުޅުއްވާ
ކޮމިޝަންގެ ތަޢާރަފް

ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ ދަށުން، 04 ސެޕްޓެމްބަރު 2008 ގައި އެކުލަވާލާފައިވާ މިނިވަން މުސްތަޤިއްލު ޝަޚްޞެކެވެ. ކޮމިޝަނުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރަމުން ގެންދަނީ ޤާނޫނުއަސާސީއާއި ޖުޑީޝަލްސަރވިސް ކޮމިޝަނުގެ ޤާނޫނާއި އަދި އެކިއެކި ޤާނޫނުތަކުން ކޮމިޝަނުން އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތުކަމުގައި ކަނޑައަޅާފައިވާ ޤާނޫނީ އިމުގެ ތެރެއިންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައި ގަންނަވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސުޕްރިމްކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަފަނޑިޔާރު ފިޔަވައި އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި، ހައިކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުތަކުން އިންތިޚާބު ކުރައްވާ ފަނޑިޔާރަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅުއްވާ މެންބަރަކާއި، އާންމުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ ބޭފުޅަކާއި، ސިވިލްސަރވިސް ކޮމިޝަނުގެ ރައީސާއި، ރައީސުލްޖުމްހުރިއްޔާ ޢައްޔަން ކުރައްވާ ބޭފުޅަކާއި ދަޢުލަތުގެ ބަންޑާރަނައިބުގެ އިތުރުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރެއްވުމުގެ ހުއްދަލިބިވަޑައިގެންފައިވާ ވަކީލުންގެ ތެރެއިން، އެބޭފުޅުން އިންތިޚާބުކުރައްވާ ވަކީލެކެވެ.

ލަނޑުދަނޑި

އިންސާފު ކަށަވަރުކޮށްދޭ، އިތުބާރުހިފޭ ޖަވާބުދާރީވާ ވިސްނުން ފަހި، ފަނޑިޔާރުގެއެއް

އަމާޒު

  • ފަނޑިޔާރުން ލެއްވުން ގާބިލުކަމަށް ބަރޯސާކުރާ، ގާބިލުކަން ކުރިއަރުވާ ފަނޑިޔާގެއެއްކަން ޔަގީންކުރުން
  • ފަނޑިޔާރުގޭގައި، އެންމެ މަތީ ދަރަޖާގައި ސުލޫކީ މިންގަނޑާއި ނަޒާހާތްތެރިކަން ނެގެހެއްޓުން
  • ފަނޑިޔާރުގޭގެ މަސައްކަތުގެ ނަތީޖާ ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް އެކަށައެޅުން
  • ފެންވަރު ރަނގަޅު، ރޭވުންތެރި ހިދުމަތެއް ފޯރުކޮށްދީ، ގާނޫނުގެ ބާރު ކުރިއެރުވުމުގައި ބައިވެރިވުން