ސަރކިއުލަރ / ފަނޑިޔާރުންގެ މަސައްކަތްކުރާ ކޯޓު ބަދަލުވުން

ފަނޑިޔާރުންގެ މަސައްކަތްކުރާ ކޯޓު ބަދަލުވުން

10/03/2019

 

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ހުށަހެޅުމަކަށް ޤާނޫނުއަސާސީގެ 159 ވަނަ މާއްދާގެ ދަށުން ތިރީގައި މި ދަންނަވާ ފަނޑިޔާރުން ވަޒީފާ އަދާކުރައްވާ ކޯޓު ބަދަލުކުރެއްވުމަށް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

1.      ފެމިލީ  ކޯޓުގެ  ޤާޟީ  ކަމުގައި  ހުންނެވި  އައްޑޫސިޓީ  މަރަދޫ،  ރޯސްގާޑަން، އަލްއުސްތާޛު މުޙައްމަދު ސަމީރު، 24 މާރިޗު 2019 އިން ފެށިގެން ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަޤާމަށް 

2.      ފެމިލީ ކޯޓުގެ ޤާޟީ ކަމުގައި ހުންނެވި އަރިއަތޮޅު އުތުރުބުރި ފެރިދޫ،  ސިޔާމާމަންޒިލް، އަލްއުސްތާޛު އަޙްމަދު ޝަކީލް، 24 މާރިޗު 2019 އިން ފެށިގެން ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަޤާމަށް

3.      ފެމިލީ  ކޯޓުގެ  ޤާޟީ  ކަމުގައި  ހުންނެވި  މާލެއަތޮޅު ދިއްފުށި،  ސްވީޓްމީޑް، އަލްއުސްތާޛު ޙަސަން ޝަފީޢު، 24 މާރިޗު 2019 އިން ފެށިގެން ސިވިލް ކޯޓުގެ ޤާޟީ ކަމުގެ މަޤާމަށް

ހިމަނާފައިވާ ލިޔުންތައް

215_20210825.pdf