ސަރކިއުލަރ / ސުޕީރިއަރ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުން

ސުޕީރިއަރ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުން

26/11/2020

 

ސުޕީރިއަރ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރާ ތިރީގައި ދަންނަވާފައިއެވާ ބޭފުޅުން 26 ނޮވެންބަރު 2020 ގައި މަޤާމުގެ ހުވައިކުރައްވައި އަދި އެ މަޤާމުގެ ފަތްކޮޅު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ އަރުވާފައެވެ.

ސުޕީރިއަރ ކޯޓުތައް:

1.      ޖުވެނައިލް ކޯޓުގެ ޤާޟީ ކަމަށް ތިލަދުންމަތީ ދެކުނުބުރި، ކުޅުދުއްފުށީ، ޓޯޓަލްގެ، އަލްއުސްތާޛާ މަރްޔަމް ޠާއިފާ.

2.      ކްރިމިނަލް ކޯޓުގެ ޤާޟީ ކަމަށް ހުވަދުއަތޮޅު ދެކުނުބުރި، މަޑަވެލި، ރީގަލް، އަލްއުސްތާޛު ޞަފްޢަތު ޙަބީބު.

މެޖިސްޓްރޭޓް ކޯޓުތައް:

1.      ތިލަދުންމަތީ ދެކުނުބުރި ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ތިލަދުންމަތީ ދެކުނުބުރި، ކުޅުދުއްފުށީ ނޫރަންގެ، އަލްއުސްތާޛު މުޙައްމަދު އިސްމާޢީލް.

2.       މިލަދުންމަޑުލު އުތުރުބުރި ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ގ. ނޫމަރާވިލާ، އަލްއުސްތާޛާ ޝީރީން ނާހިދާ ލަޠީފް.

3.      މިލަދުންމަޑުލު ދެކުނުބުރި މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް މިލަދުންމަޑުލު ދެކުނުބުރި، މަގޫދޫ، ހަވީރީނާޒު، އަލްއުސްތާޛު އާދަމް ސަލީމް.

4.      މާޅޮސްމަޑުލު އުތުރުބުރި މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ކޮޅުމަޑުލު މަޑިފުށި، ސިގްނަލްގެ، އަލްއުސްތާޛު އަކްރަމް ރަފީޢު.

5.      ހުވަދުއަތޮޅު ދެކުނުބުރި ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ހުވަދުއަތޮޅު އުތުރުބުރި، ގެމަނަފުށީ، އެތުމާގެ އަލްއުސްތާޛު އަޙްމަދު އާދަމް.

6.      އައްޑުއަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޑުއަތޮޅު މަރަދޫފޭދޫ މެރީވިލާ، އަލްއުސްތާޛު މުޙައްމަދު ޢަފީފް.

ހިމަނާފައިވާ ލިޔުންތައް

207_20210825.pdf