ސަރކިއުލަރ / ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރެއްވުން

ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރެއްވުން

23/08/2017

"ޢުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ޞިއްޙީ ސަބަބުތަކަކަށްޓަކައި މަޤާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމުގައި  ޢަމަލުކުރާނެ  ގޮތުގެ  ޤަވާއިދު" ގެ ދަށުން ތިރީގައިވާ ބޭފުޅު ވަނީ މުސްކުޅިކުރައްވާފައެވެ.

 

1-    ހއ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމުގެ މަޤާމުގައި  ހުންނެވި ހުވަދުއަތޮޅު ދެކުނުބުރި ތިނަދޫ، ލައިޓްނިންގ، އަލްފާޟިލް މުޙައްމަދު ޢަލީދީދީ، 17 ޖުލައި 2017 ވަނަ ދުވަހު ބޭއްވެވި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 2017/50 ވަނަ ބައްދަލުވުމުގެ ނަންބަރު JSC-B-CB/17/81 ނިންމުމުން ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރެއްވުމަށް ނިންމަވާފައިވާތީ 09 އޮގަސްޓް 2017 ގައި ވަނީ މަޤާމުން މުސްކުޅިކުރައްވާފައެވެ.

 

2-    ށ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމުގެ މަޤާމުގައި  ހުންނެވި މިލަދުންމަޑުލު އުތުރުބުރި ފުނަދޫ، ނޫރާނީމާގެ، އަލްފާޟިލް މުޙައްމަދު އިސްމާޢީލް، 17 ޖުލައި 2017 ވަނަ ދުވަހު ބޭއްވެވި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 2017/50 ވަނަ ބައްދަލުވުމުގެ ނަންބަރު JSC-B-CB/17/82 ނިންމުމުން ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރެއްވުމަށް ނިންމަވާފައިވާތީ 09 އޮގަސްޓް 2017 ގައި ވަނީ މަޤާމުން މުސްކުޅިކުރައްވާފައެވެ.

 

3-    ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމުގެ މަޤާމުގައި  ހުންނެވި ހައްދުންމަތި ގަން (މަތިމަރަދޫ)، ހާވިލާ، އަލްފާޟިލް ޢަބްދުﷲ ޖަމީލް، 17 ޖުލައި 2017 ވަނަ ދުވަހު ބޭއްވެވި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 2017/50 ވަނަ ބައްދަލުވުމުގެ ނަންބަރު JSC-B-CB/17/83 ނިންމުމުން ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރެއްވުމަށް ނިންމަވާފައިވާތީ 09 އޮގަސްޓް 2017 ގައި ވަނީ މަޤާމުން މުސްކުޅިކުރައްވާފައެވެ.

ހިމަނާފައިވާ ލިޔުންތައް

126_20210823.pdf