ޚަބަރު / ނޫސް ބަޔާން
ނޫސް ބަޔާން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރުއާ ގުޅޭގޮތުން މި ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލައާ ގުޅިގެން ޤާނޫނުއަސާސީއާއި ޤާނޫނުން ފަނޑިޔާރަކަށް ލިބިދޭންޖެހޭކަމަށް ކަނޑައަޅާފައިވާ އެންމެހައި ހައްޤުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރަށް ވާނީ ދެވިފައެވެ.
އެގޮތުން ޤާނޫނުއަސާސީގެ 53 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނޫ) ގެ 25 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން މައްސަލައިގެ ތަޙްޤީޤުގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް މައްސަލަ ރައްދުވާ ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރު އެދުމުން، އެ ފުރުސަތު 06 މާރިޗު 2025 ގައި ފަނޑިޔާރަށް ދީ، ޤާނޫނީ ވަކީލެއްގެ ގޮތުގައި އަލްއުސްތާޛު އިބްރާހިމް ޝަމީލް އައްޔަނުކޮށްފައިވެއެވެ.
ޑރ.އަޒްމިރާލްދާ ޒާހިރުއާ ގުޅޭގޮތުން މި ކޮމިޝަނުން ތަޙްޤީޤު ކުރަމުންދާ މައްސަލައިގެ ތަޙްޤީޤަށް 11 މާރިޗު 2025 ގައި ޑރ.އަޒްމިރާލްދާ ޒާހިރާއެކު އެ ފަރާތުން އައްޔަންކޮށްފައިވާ ޤާނޫނީ ވަކީލް އަލްއުސްތާޛު އިބްރާހިމް ޝަމީލް ބައިވެރި ވަޑައިގެންފައިވެއެވެ. އެހެންނަމަވެސް ތަޙްޤީޤުގެ މި އަޑުއެހުމަށްފަހު ޑރ.އަޒްމިރާލްދާ ޒާހިރުގެ ޤާނޫނީ ވަކީލް މީޑިއާތަކަށް ދެއްވާފައިވާ މަޢުލޫމާތަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެކެވެ.
ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތައް ބެލުމަށް ޤާނޫނުން މަތިކޮށްފައިވާ ފަރާތަކީ ޖުޑީޝަލް ސާރވިސް ކޮމިޝަނެވެ. ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ކޮމިޝަނުން ބެލުމުގައި ޢަމަލުކުރަންޖެހޭ ގޮތާއި، ޤާނޫނީ ވަކީލުގެ ފުރުސަތު ދިނުމާއި، ފަނޑިޔާރަކު އައްޔަންކުރާ ޤާނޫނީ ވަކީލަށް ވަކީލެއްގެ ޒިންމާއާ މަސްއޫލިއްޔަތު އަދާކުރެވޭނެ ގޮތް ޤާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވެއެވެ.
ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނޫ) ގެ 25 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ "ތަޙްޤީޤު ކޮމިޓީން ބަލަމުންދާ މައްސަލައާ ގުޅިގެން މައްސަލަ ރައްދުވާ ފަނޑިޔާރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާއި، އެ މައްސަލައިގެ ތަފްސީލު އެ މައްސަލަ ރައްދުވާ ފަނޑިޔާރަށް ދިނުމުން، ބަލަމުންދާ މައްސަލައާ ގުޅޭގޮތުން ތަޙްޤީޤު ކޮމިޓީން ކުރާ ސުވާލުތަކަށް ފަނޑިޔާރު ޖަވާބުދޭންވާނެއެވެ." އަދި މި މާއްދާގެ (ބ)ގައި "ތަޙްޤީޤު ކޮމިޓީން ކުރާ ސުވާލުތަކަށް ޖަވާބުދިނުމުގައި މައްސަލަ ރައްދުވާފަރާތުން އައްޔަންކޮށްފައިވާ ޤާނޫނީ ވަކީލާ މަޝްވަރާކުރެވިދާނެއެވެ."
މަތީގައި ބަޔާންކޮށްފައިވާ ކޮމިޝަންގެ ޤާނޫނޫގެ 25 ވަނަ މާއްދާގެ (ނ) އަދި (ބ) ގައި ސާފުކޮށް ބަޔާންކޮށްދީފައި އެވަނީ ޤާނޫނީ ވަކީލުގެ ޒިންމާއާ މަސްއޫލިއްޔަތާއި ދައުރެވެ. ކޮމިޓީން ކުރާ ސުވާލުތަކަށް ޖަވާބުދާރީވާންޖެހޭ ފަރާތަކީ ވަކީލެއް ނޫނެވެ. ފަނޑިޔާރެވެ. ވަކީލުގެ ދައުރަކީ ފަނޑިޔާރު ބޭނުންވެއްޖެ ހާލަތެއްގައި ފަނޑިޔާރަށް ޤާނޫނީ ލަފާދިނުމެވެ. އެ ފުރުޞަތު ތަކުރާރުކޮށް ކޮމިޓީގެ ފަރާތުން ފަނޑިޔާރާއި ވަކީލަށްވެސް ދީފައިވާނެއެވެ. އަދި ބޭނުންފުޅުނަމަ ފަނޑިޔާރާ ވަކީލު ވަކިން މަޝްވަރާކުރުމުގެ ފުރުސަތުވެސް ތަކުރާރުކޮށް ދީފައިވާނެއެވެ. މިއީ މި ކޮމިޝަނާއި ދިވެހިރާއްޖޭގެ އެންމެހައި ތަޙްޤީޤީ އިދާރާތަކުންވެސް އަމަލުކުރަމުން ގެންދާ އާންމު އަދި ޤާނޫނީ އުސޫލެވެ.
ހިމަނާފައިވާ ލިޔުންތައް
2025-03-12_PR_Dr.Azmiralda ge thahugeeg aa gulhey.pdf-
ފަހުގެ ލިޔުންތައް
-
ސިވިލް ކޯޓުގެ ޤާޟީ ޢަބްދުﷲ އިޙްސާން ސަސްޕެންޑްކުރުމަށް ނިންމުން
19 August 2026
-
ނޫސް ބަޔާން
19 August 2026
-
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރކަމުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރުން
16 August 2026
-
ސިވިލް ކޯޓުގެ ޤާޟީކަމަށް 2 ބޭފުޅުން އަދި ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް 3 ބޭފުޅަކު ޢައްޔަންކުރުމަށް ނިންމުން
13 August 2026
-
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ މުޞްޠަފާ ސަސްޕެންޑްކުރުމަށް ނިންމުން
09 July 2026
-
ފަހުގެ ލިޔުންތައް
-
ސިވިލް ކޯޓުގެ ޤާޟީ ޢަބްދުﷲ އިޙްސާން ސަސްޕެންޑްކުރުމަށް ނިންމުން
19 August 2026
-
ނޫސް ބަޔާން
19 August 2026
-
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރކަމުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރުން
16 August 2026
-
ސިވިލް ކޯޓުގެ ޤާޟީކަމަށް 2 ބޭފުޅުން އަދި ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް 3 ބޭފުޅަކު ޢައްޔަންކުރުމަށް ނިންމުން
13 August 2026