ޚަބަރު / ނޫސް ބަޔާން: ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އޮނަރަބްލް ޢަލީ ރަޝީދު ޙުސައިން ރިޓަޔަރކުރެއްވުމަށް ނިންމުން
ނޫސް ބަޔާން: ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އޮނަރަބްލް ޢަލީ ރަޝީދު ޙުސައިން ރިޓަޔަރކުރެއްވުމަށް ނިންމުން
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އޮނަރަބްލް ޢަލީ ރަޝީދު ޙުސައިން، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 27 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރު R-41/2026 (ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދު) ގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން، 01 ޑިސެންބަރު 2026 ވަނަ ދުވަހުން ފެށިގެން ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަޤާމުން ރިޓަޔަރކުރެއްވުމަށް އެދިވަޑައިގެންފައިވާތީ، ގަވާއިދު ނަންބަރު R-41/2026 (ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދު) ގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެދިވަޑައިގެންނެވި ގޮތަށް 01 ޑިސެންބަރު 2026 އިން ފެށިގެން ޝަރަފުވެރިކަމާއިއެކު ރިޓަޔަރކޮށްދެއްވުމަށް، 28 އޮކްޓޫބަރު 2026 ގައި ބޭއްވުނު މި ކޮމިޝަނުގެ ޖަލްސާއިން ވަނީ ނިންމަވާފައެވެ.
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރަކު ރިޓަޔަރކުރެއްވުމަށް ހުށަހަޅުއްވާ، އެދިވަޑައިގެންނެވި ގޮތަށް ރިޓަޔަރކޮށްދިނުމަށް ކޮމިޝަނުން ނިންމުމާ ގުޅިގެން ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 1-31 ވަނަ މާއްދާގެ (ނ) ގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުގެ މަޤާމަށް ބޭފުޅަކު ހޯދުމަށް ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކުރުމުގެ މަސައްކަތް މި ކޮމިޝަނުން މިހާރު ވަނީ ފަށާފައެވެ.
04 ނޮވެންބަރު 2026
ހިމަނާފައިވާ ލިޔުންތައް
2026-11-04_PR_SC Justice Ali Rasheed Retirement.pdf-
ފަހުގެ ލިޔުންތައް
-
ނޫސް ބަޔާން: ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އޮނަރަބްލް ޢަލީ ރަޝީދު ޙުސައިން ރިޓަޔަރކުރެއްވުމަށް ނިންމުން
04 November 2026
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ އިޙްސާން އިސްތިއުފާ ދެއްވުން
21 October 2026
-
މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
21 October 2026
-
ސިވިލް ކޯޓުގެ ޤާޟީ ޢަބްދުﷲ އިޙްސާން ސަސްޕެންޑްކުރުމަށް ނިންމުން
19 August 2026
-
ނޫސް ބަޔާން