ޚަބަރު / ނޫސް ބަޔާން
ނޫސް ބަޔާން
ސިވިލް ކޯޓުގެ ގާޟީ އަލްއުސްތާޛު ޢަބްދުﷲ އިޙްސާން، މިއަދުން ފެށިގެން ވަގުތީގޮތުން 60 ދުވަހަށް މަޤާމުގެ މަސައްކަތުން ދުރުކުރުމަށް ނިންމައި، މި ކޮމިޝަނުން އާންމުކުރި ނޫސްބަޔާނާ ގުޅިގެން، މިހާރު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅުވައި މީޑިއާތަކުން މަޢުލޫމާތު ފަތުރަމުންދާތީ ދަންނަވަމެވެ.
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ އިޙްސާން ވަގުތީގޮތުން މަސައްކަތުން ދުރުކުރުމަށް ނިންމާފައިވަނީ ޤާޟީގެ މައްޗަށް ރައްދުވާގޮތަށް މި ކޮމިޝަނަށް ހުށަހެޅި ތަޙްޤީޤުކުރަމުންދާ ޖިންސީ ފުރައްސާރައިގެ ތުހުމަތު ހިމެނޭ މައްސަލައަކާ ގުޅިގެން، މި ކޮމިޝަނުގެ ތަޙްޤީޤީ އިޖުރާޢަތުގެ ތެރެއިން ކަށަވަރުކުރަންޖެހޭ އެންމެހައި ކަންކަން ކަށަވަރުކުރުމާއެކު ޤާޟީ އަލްއުސްތާޛު ޢަބްދުﷲ އިޙްސާންގެ ބަޔާން ނަގައި އަދި ތަޙްޤީޤަށް ބޭނުންވާ އިތުރު ފަރާތްތަކެއްގެ ބަސްވެސް ހޯދުމަށްފަހު، ޤާޟީ އަލްއުސްތާޛު ޢަބްދުﷲ އިޙްސާންގެ މައްޗަށް ތުހުމަތު ކުރެވުނު އިސްވެ ބަޔާންކުރެވުނު މައްސަލައިގެ ބާވަތަށާއި، މައްސަލައިގެ ތަޙުޤީޤަށް ލިބިފައިވާ މަޢުލޫމާތުގެ އަލީގައި، ޤާޟީ އަލްއުސްތާޛު ޢަބްދުﷲ އިޙްސާން، މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލައިގެ ތަޙުޤީޤަށް ހުރަސް އެޅިދާނެކަމަށް ފެންނާތީއާއި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމުގައި ދަންނަވަމެވެ.
19 އޯގަސްޓު 2026
ހިމަނާފައިވާ ލިޔުންތައް
2026-08-19_PR_Abdulla Ihusaan Suspension Clarification_NA.pdf-
ފަހުގެ ލިޔުންތައް
-
ސިވިލް ކޯޓުގެ ޤާޟީ ޢަބްދުﷲ އިޙްސާން ސަސްޕެންޑްކުރުމަށް ނިންމުން
19 August 2026
-
ނޫސް ބަޔާން
19 August 2026
-
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރކަމުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރުން
16 August 2026
-
ސިވިލް ކޯޓުގެ ޤާޟީކަމަށް 2 ބޭފުޅުން އަދި ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް 3 ބޭފުޅަކު ޢައްޔަންކުރުމަށް ނިންމުން
13 August 2026
-
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ މުޞްޠަފާ ސަސްޕެންޑްކުރުމަށް ނިންމުން
09 July 2026
-
ފަހުގެ ލިޔުންތައް
-
ސިވިލް ކޯޓުގެ ޤާޟީ ޢަބްދުﷲ އިޙްސާން ސަސްޕެންޑްކުރުމަށް ނިންމުން
19 August 2026
-
ނޫސް ބަޔާން
19 August 2026
-
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރކަމުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރުން
16 August 2026
-
ސިވިލް ކޯޓުގެ ޤާޟީކަމަށް 2 ބޭފުޅުން އަދި ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް 3 ބޭފުޅަކު ޢައްޔަންކުރުމަށް ނިންމުން
13 August 2026