ޚަބަރު / ސިވިލް ކޯޓުގެ ޤާޟީކަމަށް 2 ބޭފުޅުން އަދި ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް 3 ބޭފުޅަކު ޢައްޔަންކުރުމަށް ނިންމުން
ސިވިލް ކޯޓުގެ ޤާޟީކަމަށް 2 ބޭފުޅުން އަދި ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް 3 ބޭފުޅަކު ޢައްޔަންކުރުމަށް ނިންމުން
ސިވިލް ކޯޓަށް ޤާޟީން ހޯދުމަށް ކުރެވުނު ނަންބަރު (ILU)195-C/195/2026/19 (21 ޖޫން 2026) އިޢުލާނާގެ ދަށުން ސިވިލް ކޯޓުގެ ޤާޟީކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ޤާޟީކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ގއ.ކަނޑުހުޅުދޫ ރީލްމަންޒިލް، އަލްއުސްތާޛު މުޙައްމަދު ނިޝާޠު އަދި ރ.ހުޅުދުއްފާރު ރޯޒްވިލާ، އަލްއުސްތާޛާ އާސިޔާ އަޡީމާ، 08 އޮގަސްޓް 2026 ވީ ހޮނިހިރު ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނަންބަރު 2026/024 ވަނަ ޖަލްސާގައި ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ވަނީ ނިންމާފައެވެ.
އަލްއުސްތާޛު މުޙައްމަދު ނިޝާޠު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ލޯސް (އޮނަރސް) އަދި މާސްޓަރ އޮފް ލޯ ހާސިލް ކުރައްވާފައެވެ. 30 އޮކްޓޫބަރު 2025 ވަނަ ދުވަހުން ފެށިގެން ހުވަދު އަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ އަލްއުސްތާޛު މުޙައްމަދު ނިޝާޠަކީ ޝަރުޢީ ދާއިރާ އާއި ގުޅުންހުރި މަޤާމުތަކުގައި 15 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެޓަރނީ ޖެނެރަލް އޮފީހުގައި ޑެޕިއުޓީ ސްޓޭޓް އެޓަރނީގެ މަޤާމާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި އިންވެސްޓިގޭޝަން އޮފިސަރ، ލީގަލް އޮފިސަރ އަދި ސީނިއަރ ލީގަލް އޮފިސަރ މަޤާމާއި، ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ޖެނެރަލް ކައުންސެލް އަދި ސެކްރަޓަރީ ޖެނެރަލްގެ މަޤާމު ފުރުއްވާފައިވެއެވެ.
އަލްއުސްތާޛާ އާސިޔާ އަޡީމާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އޮނަރސް އަދި ޔުނިވަރސިޓީ އޮފް ބަރމިންގހަމްއިން މާސްޓަރ އޮފް ލޯ ހާސިލް ކުރައްވާފައެވެ. އަލްއުސްތާޛާ އާސިޔާ އަޡީމާ އަކީ ރައްޔިތުންގެ މަޖިލީހުގެ ލީގަލް އޮފިސަރުގެ މަޤާމާއި ލީގަލް އެފެއަރޒްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަޤާމު 27 އޮގަސްޓް 2014 އިން ފެށިގެން 28 ފެބްރުވަރީ 2021 އަށް ފުރުއްވާފައިވާ ބޭފުޅެކެވެ.
ކްރިމިނަލް ކޯޓަށް ޤާޟީން ހޯދުމަށް ކުރެވުނު ނަންބަރު (IUL)195-C/195/2026/24 (6 ޖުލައި 2026) އިއުލާނުގެ ދަށުން ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ޤާޟީކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ޅ.ކުރެންދޫ ނޫރާނީމާގެ، އަލްއުސްތާޛު ސުލައިމާން މުޙައްމަދު އާއި ހއ.ދިއްދޫ ޑޭޒީމާގެ، އަލްއުސްތާޛު އަޙްމަދު ތައުފީޤު އަދި ތ.ވޭމަންޑޫ ޑްރީމް، އަލްއުސްތާޛު މުޙައްމަދު ޢަބްދުﷲ 08 އޮގަސްޓް 2026 ވީ ހޮނިހިރު ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނަންބަރު 2026/024 ވަނަ ޖަލްސާގައި ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ވަނީ ނިންމާފައެވެ.
އަލްއުސްތާޛު ސުލައިމާން މުޙައްމަދު ވަނީ ކޮލެޖް އޮފް އިސްލާމިކް ސްޓަރޑީސްއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނާރސް ހާސިލް ކުރައްވާފައެވެ. 8 ސެޕްޓެމްބަރު 2017 އިން 03 ސެޕްޓެމްބަރު 2022 އަށް ފާދިއްޕޮޅު ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމު އަދި 4 ސެޕްޓެމްބަރު 2022 އިން ފެށިގެން ފާދިއްޕޮޅު ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމު ފުރުއްވަމުން ގެންދެވި އަލްއުސްތާޛު ސުލައިމާން މުޙައްމަދު ޝަރުޢީ ދާއިރާ ގައި 12 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައިވެއެވެ.
އަލްއުސްތާޛު އަޙްމަދު ތައުފީޤު ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ބެޗްލަރ އޮފް ލޯސް އަދި މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލް ކުރައްވާފައެވެ. ޝަރުޢީ ދާއިރާގައި 18 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ އަލްއުސްތާޛު އަޙްމަދު ތައުފީޤު ވަނީ އެޓަރނީ ޖެނެރަލް އޮފީހުގައި އެސިސްޓެންޓް ސްޓޭޓް އެޓަރނީގެ މަޤާމާއި، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓަރގެ މަޤާމް އަދި ސީނިއަރ ޕަބްލިކް ޕްރޮސެކިއުޓަރގެ މަޤާމު ފުރުއްވާފައެވެ.
އަލްއުސްތާޛު މުޙައްމަދު ޢަބްދުﷲ ވަނީ އިންޑިއާގެ ކަރުނާޓަކާ ސްޓޭޓް ލޯ ޔުނިވަރސިޓީން ބެޗްލަރ އޮފް އާރޓްސް އެންޑް ބެޗްލަރ އޮފް އެލް.އެލް.ބީ އޮނަރސް ހާސިލް ކުރައްވާފައެވެ. ޝަރުޢީ ދާއިރާގައި 08 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ އަލްއުސްތާޛު މުޙައްމަދު ޢަބްދުﷲ ވަނީ ސެޕްޓެންބަރު 2017 އިން ފެށިގެން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގައި ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރގެ މަޤާމު ފުރުއްވާފައެވެ.
13 އޮގަސްޓް 2026
ހިމަނާފައިވާ ލިޔުންތައް
2026-08-13_CvC & CrC Judges Profile 1_AN.pdf-
ފަހުގެ ލިޔުންތައް
-
ސިވިލް ކޯޓުގެ ޤާޟީކަމަށް 2 ބޭފުޅުން އަދި ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް 3 ބޭފުޅަކު ޢައްޔަންކުރުމަށް ނިންމުން
13 August 2026
-
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ މުޞްޠަފާ ސަސްޕެންޑްކުރުމަށް ނިންމުން
09 July 2026
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުކަމަށާއި، ފެމެލީ ކޯޓުގެ އިސްޤާޟީކަމަށް ބޭފުޅުން ޢައްޔަންކުރުން
20 April 2026
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް 2 ބޭފުޅަކު އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅަކު ޢައްޔަންކުރުން
07 February 2026
-
ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމުން
26 November 2025
-
ފަހުގެ ލިޔުންތައް
-
ސިވިލް ކޯޓުގެ ޤާޟީކަމަށް 2 ބޭފުޅުން އަދި ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް 3 ބޭފުޅަކު ޢައްޔަންކުރުމަށް ނިންމުން
13 August 2026 12:08
-
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ މުޞްޠަފާ ސަސްޕެންޑްކުރުމަށް ނިންމުން
09 July 2026 12:07
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުކަމަށާއި، ފެމެލީ ކޯޓުގެ އިސްޤާޟީކަމަށް ބޭފުޅުން ޢައްޔަންކުރުން
20 April 2026 12:04
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް 2 ބޭފުޅަކު އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅަކު ޢައްޔަންކުރުން
07 February 2026 12:02