ޚަބަރު / ދިވެހިރާއްޖޭގެ ހައިކޯޓަށް 02 ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
ދިވެހިރާއްޖޭގެ ހައިކޯޓަށް 02 ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް ކުރެވުނު ނަންބަރު (IUL)195-C/195/2025/27 (10 ޖުލައި 2025) އިޢުލާނުގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ލ.މާވަށް ނަލަމަލަ، އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ އަދި ޏ.ފުވައްމުލައް ދޫޑިގަން. ގޯލްޑަންގޭޓް، އަލްއުސްތާޛު މުޙައްމަދު ޝަހީދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް 2025 ޖުލައި 30 ވަނަ ދުވަހުގެ ރޭ ބޭއްވުނު މި ކޮމިޝަންގެ 27 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާއިރު، 2003 ސެޕްޓެންބަރު 23 އިން 2009 ޖަނަވަރީ 31 ވަނަ ދުވަހާ ހަމައަށް ލ.ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން އަދި 2009 ފެބްރުވަރީ 01 އިން 2019 ފެބްރުވަރީ 21 ވަނަ ދުވަހާ ހަމައަށް ސިވިލް ކޯޓުގެ ޤާޟީގެ މަޤާމް އަދާކުރައްވާފައިވެއެވެ. ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވަޑައިގެންނެވުމަށްފަހު އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ ވަނީ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރައްވާފައެވެ.
ހަނީ ވެލްޑްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 2018 ޖުލައި 30 ވަނަ ދުވަހުން ފެށިގެން 2023 ޑިސެންބަރު 23 ވަނަ ދުވަހާ ހަމައަށް މަސައްކަތް ކުރައްވާފައިވާ އަލްއުސްތާޛު މުޙައްމަދު ޝަހީދު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވާފައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ކުރިން އަލްއުސްތާޛު މުޙައްމަދު ޝަހީދު ހުންނެވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުގައެވެ.
ހިމަނާފައިވާ ލިޔުންތައް
2025-07-31_PR_HC Judges Profile.pdf-
ފަހުގެ ލިޔުންތައް
-
ސިވިލް ކޯޓުގެ ޤާޟީ ޢަބްދުﷲ އިޙްސާން ސަސްޕެންޑްކުރުމަށް ނިންމުން
19 August 2026
-
ނޫސް ބަޔާން
19 August 2026
-
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރކަމުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރުން
16 August 2026
-
ސިވިލް ކޯޓުގެ ޤާޟީކަމަށް 2 ބޭފުޅުން އަދި ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް 3 ބޭފުޅަކު ޢައްޔަންކުރުމަށް ނިންމުން
13 August 2026
-
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ މުޞްޠަފާ ސަސްޕެންޑްކުރުމަށް ނިންމުން
09 July 2026
-
ފަހުގެ ލިޔުންތައް
-
ސިވިލް ކޯޓުގެ ޤާޟީ ޢަބްދުﷲ އިޙްސާން ސަސްޕެންޑްކުރުމަށް ނިންމުން
19 August 2026
-
ނޫސް ބަޔާން
19 August 2026
-
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރކަމުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރުން
16 August 2026
-
ސިވިލް ކޯޓުގެ ޤާޟީކަމަށް 2 ބޭފުޅުން އަދި ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް 3 ބޭފުޅަކު ޢައްޔަންކުރުމަށް ނިންމުން
13 August 2026