އިޢުލާން / މި ކޮމިޝަނަށް ބޭނުންވާ ޓެބްލެޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން.

މި ކޮމިޝަނަށް ބޭނުންވާ ޓެބްލެޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން.

26/02/2024

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ކޮމިޝަނަށް ބޭނުންވާ ޓެބްލެޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި ކޮމިޝަނަށް ބޭނުންވާ ޓެބްލެޓް ސަޕްލައިކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. 

މި ކޮމިޝަންނަށް ބޭނުންވާ ޓެބްލެޓް ސައިޕްލައިކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު ގެޒެޓް ކޮށްފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތަށް ބިޑް ޑޮކިއުމެންޓް ތައްޔާރުކުރުމަށްފަހު 05 މާރިޗް 2024 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި ކޮމިޝަނަށް (ހ.ސަކީނާމަންޒިލް / މެދުޒިޔާރަތްމަގު) އަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންނަމަ 04 މާރިޗް 2024 ވާ ހޯމަ ދުވަހު ގެ 12:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. 

 22 ފެބްރުއަރީ 2024

12 ޝަޢުބާން 1445

ހިމަނާފައިވާ ލިޔުންތައް

2024-02-21_InformationSheet_Tablet.pdf