ޚަބަރު / ނޫސް ބަޔާން

ނޫސް ބަޔާން

23/07/2023

ސުޕްރީމް ކޯޓުން ބެއްލެވި އިސްތިޢުނާފަކާމެދު އެ ކޯޓުން ޙުކުމް ކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް، އެ އިސްތިޢުނާފުގައި ހިމެނޭ ޚަޞްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރީއްކޮޅަކާ، އެ ޝަރީޢަތް ހިންގެވުމުގައި ބައިވެރިވެވަޑައިގެންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަޙާޒު އަލީ ޒާހިރު ޙަވާލުވެވަޑައިގެންފައިވާކަމަށް ބުނާ މައްސަލައާ ގުޅިގެން މި ކޮމިޝަނުން ހިންގި ތަޙުޤީޤަށް ހޯދުނު މަޢުލޫމާތާއި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ސާފުކޮށްދެއްވާފައިވާ ޙަޤީޤަތްތަކަށް ރިޢާޔަތްކުރާއިރު، އެ މައްސަލައިގައި ތުހުމަތުކޮށްފައިވާ ފަދަ ކަމެއް ހިނގާފައި ނުވާކަން ފާހަގަވާތީ، އެ މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދަން ނުފެންނަކަމަށް، މިއަދު ބޭއްވި މިކޮމިޝަންގެ މި އަހަރުގެ 48 ވަނަ ޖަލްސާގައި ވަނީ ނިންމާފައެވެ.

ހިމަނާފައިވާ ލިޔުންތައް

2023_07_23_PR_MahaazBalanNufenna.pdf