ޚަބަރު / ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ އާދަމް ހުރި މަޤާމަށްވުރެ ދަރަޖަ ދަށް ކުރުމަށް ނިންމުން
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ އާދަމް ހުރި މަޤާމަށްވުރެ ދަރަޖަ ދަށް ކުރުމަށް ނިންމުން
ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ކަމާބެހޭ މަޢުލޫމާތު ސާފުނުކޮށް، މައްސަލަ އެކަށީގެންވާ މިންވަރަށް ދިރާސާކޮށްފައި ނުވާތީ، ދާއިރާ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ އާދަމް މައްސަލަ ބެލުމުގައި ފަރުވާކުޑަކޮށްފައިވާކަން ތަޙުޤީޤަށް ސާބިތުވާ ހިނދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 54 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2012/03 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ނ) އާއި ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި، އަދި 34 ވަނަ މާއްދާގެ (ށ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 އާއި، 1.6 އާއި 6.4 އާއި ޚިލާފުވެފައިވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 32-1 ވަނަ މާއްދާގެ (ހ)ގެ 2ވަނަ ނަންބަރުގައިވާ ހުރި މަޤާމަށްވުރެ ދަރަޖަ ދަށްކުރުމަށް ފެންނަކަމަށް ކޮމިޝަނުން 2023 ނޮވެންބަރު 19 ވަނަ ދުވަހުގެ ރޭ ބޭއްވި 76 ވަނަ ޖަލްސާގައި ވަނީ ނިންމާފައެވެ.
އެގޮތުން، ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ އާދަމް، 2023 ނޮވެމްބަރު 20ވަނަ ދުވަހުން ފެށިގެން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަޤާމަށް ވަނީ ބަދަލުކުރެވިފައެވެ.
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމްއާ ގުޅޭގޮތުން މީގެ ކުރިން ތަޙްޤީޤުކުރެވުނު ސީރިއަސް މައްސަލަތަކަކާ ގުޅިގެން، ސުލޫކީ މައްސަލަ ސާބިތުވެ، ފަނޑިޔާރުކަމުން ވަކިކުރުމަށް ދެފަހަރެއްގެ މަތިން، 2023 ޖުލައި 23 ވަނަ ދުވަހުގަ އާއި 2023 އޮކްޓޫބަރު 26 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަނީ ލަފާ އަރުވާފައެވެ.
ހިމަނާފައިވާ ލިޔުންތައް
2023-11-20_PR_AliAdam-Demote.pdf-
ފަހުގެ ލިޔުންތައް
-
ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަބްދުﷲ ޙަމީދު، ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރުން
06 December 2023
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ އާދަމް ހުރި މަޤާމަށްވުރެ ދަރަޖަ ދަށް ކުރުމަށް ނިންމުން
20 November 2023
-
ހދ.ޖުޑީޝަލް ދާއިރާ ހިންގުން ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު އިސްމާޢީލްއާ ހަވާލުކުރުން
20 November 2023
-
ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރަކު ޢައްޔަންކުރުމަށް ނިންމުން
16 November 2023
-
މެޖިސްޓްރޭޓްކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
09 November 2023
-
ފަހުގެ ލިޔުންތައް
-
ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަބްދުﷲ ޙަމީދު، ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރުން
06 December 2023 12:12
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ އާދަމް ހުރި މަޤާމަށްވުރެ ދަރަޖަ ދަށް ކުރުމަށް ނިންމުން
20 November 2023 12:11
-
ހދ.ޖުޑީޝަލް ދާއިރާ ހިންގުން ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު އިސްމާޢީލްއާ ހަވާލުކުރުން
20 November 2023 12:11
-
ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރަކު ޢައްޔަންކުރުމަށް ނިންމުން
16 November 2023 12:11