ޚަބަރު / ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙަސަން ފަހީމް އިބްރާހީމާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން

ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙަސަން ފަހީމް އިބްރާހީމާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން

24/10/2022

ސިވިލް ކޯޓުގެ ޤާޟީ ޙަސަން ފަހީމް އިބްރާހީމް އާއި ބެހޭގޮތުން ކޮމިޝަނުން ތަޙްޤީޤުކުރި، ކޮމިޝަންގެ ނަންބަރު 2019/40 މައްސަލައާއި، ނަންބަރު 2019/35 މައްސަލައާއި، އަދި ކޮމިޝަންގެ ނަންބަރު 2019/76 މައްސަލާގައި، ޤާޟީ ހަސަން ފަހީމް އިބްރާހީމް ޢަމަލުކޮށްފައިވާގޮތަށް ބަލާއިރު، މި މައްސަލަތަކުގައި ޤާޟީ ޙަސަން ފަހީމް އިބްރާހީމްގެ ސުލޫކަށް އަސަރުކުރާފަދަ ކަމެއް އޮތްކަމަކަށް މި މައްސަލަތައް ތަޙްޤީޤުކުރި ތަޙްޤީޤު ކޮމިޓީގެ މެމްބަރުންނަކަށް ނުފެންނަކަމަށާއި، އެހެންނަމަވެސް، 2019/88 މައްސަލާގައި، ޤާޟީ ޙަސަން ފަހީމް އިބްރާހީމް ޢަމަލުކޮށްފައިވާގޮތަށް ބަލާއިރު، ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި މައްސަލައިގައި ޙުކުމްކޮށް މައްސަލަ ނިންމާފައިވާކަމަށް ކޮމިޝަންގެ ތަޙްޤީޤުގައި ޤާޟީ ޙަސަން ފަހީމް އިބްރާހީމް އިޢުތިރާފުވެފައިވުމުން، މިއީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އާއި ހަމަ މި ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާއި (ރ) އަށް ބެލުމުން، މައްސަލައާގުޅޭގޮތުން ހުށަހަޅަންޖެހޭ ހެއްކާއި ޤަރީނާ ހުށަހެޅުމާއި، މައްސަލައާގުޅޭ ވާހަކަތައްދެއްކުމަށް މައްސަލައިގެ ޚަސްމުންނަށް ނުވަތަ ޚަސްމުން ތަމްސީލުކުރާ ފަރާތްތަކަށް އިޖުރާޢަތުގައިވާގޮތުގެ މަތިން އެކަށޭނެ ފުރުޞަތު ދޭންޖެހޭނެކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމުގެ ސަބަބުން ޤާޟީ ޙަސަން ފަހީމް އިބްރާހީމްގެ މި ޢަމަލަކީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ) 32 ވަނަ މާއްދާގެ (ހ) އާއި ހަމަ މި ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާއި (ރ) އާއި އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 2.4 އާއި 3.1 އާއި އަދި 3.2 އާއި ޚިލާފު ޢަމަލެއްކަމަށްވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 1-32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، ޤާޟީ ޙަސަން ފަހީމް އިބްރާހީމަށް ނަޞޭޙަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް 2022 އޮކްޓޫބަރު 19 ވަނަ ދުވަހު ބޭއްވި މި ކޮމިޝަނުގެ މިއަހަރުގެ 73 ވަނަ ޖަލްސާގައި ވަނީ ނިންމާފައެވެ. 

ހިމަނާފައިވާ ލިޔުންތައް

2022-10-23_PR_Hassan_Faheem.pdf