ސަރކިއުލަރ / ފަނޑިޔާރުން މާލީ ބަޔާން ހުށަހެޅުމާ ގުޅޭ

ފަނޑިޔާރުން މާލީ ބަޔާން ހުށަހެޅުމާ ގުޅޭ

17/02/2026

ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އިން ލާޒިމުކުރާ ގޮތުގެމަތިން ފަނޑިޔާރުން ކޮންމެ އަހަރަކު މި ކޮމިޝަނަށް ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާ މާލީ ބަޔާން ހުށަހަޅުއްވާނީ ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް ގެނެވުނު 08 ވަނަ އިޞްލާޙާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ދަންނަވަމެވެ. މިގޮތުން ހުށަހަޅުއްވާ މާލީ ބަޔާން 2026 މާރިޗު މަހުގެ އެންމެ ފަހު ދުވަހުގެ ކުރިން މި ކޮމިޝަނަށް ހުށަހެޅުއްވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

އަދި ދަންނަވަމެވެ. 2025 ވަނަ އަހަރު އައްޔަނު ކުރެވުނު ފަނޑިޔާރުން، މާލީ ބަޔާން ހުށަހަޅުއްވާނީ އެ ފަނޑިޔާރަކު އައްޔަނު ކުރެވުނު ތާރީޚުން ފެށިގެން 31 ޑިސެންބަރު 2025 ގެ ނިޔަލަށެވެ. 

ފަނޑިޔާރުން ހުށަހަޅާ މާލީ ބަޔާން ފޯމު މި ކޮމިޝަންގެ ވެބްސައިޓްwww.jsc.gov.mv  އިން ޑައުންލޯޑް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. 

ހިމަނާފައިވާ ލިޔުންތައް

2026-02-16_CIR_2_Faandiyaarunge MB aai ghulhey_signed.pdf