ސަރކިއުލަރ / އެކިފަރާތްތަކުން ފަނޑިޔާރުންނަށް ފޮނުވާ ހަދިޔާއާއި މެދު ޢަމަލުކުރާނެ ގޮތް

އެކިފަރާތްތަކުން ފަނޑިޔާރުންނަށް ފޮނުވާ ހަދިޔާއާއި މެދު ޢަމަލުކުރާނެ ގޮތް

06/05/2026

ފަނޑިޔާރުންނަކީ އެއްވެސް ކަމެއްގައި ރިޝްވަތެއް ނުވަތަ ރިޝްވަތަކަށްވެދާނެ އެއްވެސް ކަމެއްކޮށް ނުވަތަ އެއްވެސް އެއްޗެއް ބަލައިގަނެވޭނެ ބައެއް ނޫންކަން ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައިވެސް ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، އެކިއެކި ފަރާތްތަކުން ކޯޓަށް އަދި ފަނޑިޔާރުންނަށް ފޮނުވާ ހަދިޔާތައް ބަލައިނުގަތުމަށް ހަނދުމަފުޅު އެރުވީމެވެ.

އަދި އެކި މުނާސަބަތުތަކާ ގުޅިގެން ޑިޕްލޮމެޓިކް މިޝަންތަކުން ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ފަނޑިޔާރުންނަށް ފޮނުވާ ރަމްޒީ ތަކެތި، ދޭދޭ ގުޅުމަށް އިޙްތިރާމްކުރުމުގެ ގޮތުން ބަލައިގަތުން އެންމެ ރަނގަޅުކަމަށް މި ކޮމިޝަނަށް ފެންނާތީ، ހަދިޔާބަލައިގަތުމުގައި މިދެންނެވުނު ގޮތަށް ޢަމަލުކުރަމުން ގެންދިއުމަށް ދެންނެވީމެވެ.

މި ސަރކިއުލަރއަށް ޢަމަލުކުރަން ފެށުމާއި ގުޅިގެން މި ކޮމިޝަންގެ ނަންބަރު JSC-C/CIR/2022/22 (09 ނޮވެމްބަރ 2022) ސަރކިއުލަރ ބާޠިލްވީއެވެ.

ހިމަނާފައިވާ ލިޔުންތައް

2026-5-6_CIR_-6_Court thakah libey hadhiyaa aa ghulhey _Signed.pdf