ޚަބަރު / ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އިންޑިޔާގެ މިނިސްޓްރީ އޮފް ލޯ އެންޑް ޖަސްޓިސްއާ ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކުރައްވައިފި
ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އިންޑިޔާގެ މިނިސްޓްރީ އޮފް ލޯ އެންޑް ޖަސްޓިސްއާ ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކުރައްވައިފި
ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އިންޑިޔާގެ މިނިސްޓްރީ އޮފް ލޯ އެންޑް ޖަސްޓިސްއާ ދެމެދު މެމަރަންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި ސޮއިކުރައްވައިފިއެވެ. ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި އެމް.އޯ.ޔޫގައި ސޮއިކުރެއްވުމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ކޮމިޝަނުގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސައިންއެވެ. އަދި އިންޑިޔާގެ މިނިސްޓްރީ އޮފް ލޯ އެންޑް ޖަސްޓިސްގެ ފަރާތުން އެމް.އޯ.ޔޫގައި ސޮއިކުރެއްވީ އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހައި ކޮމިޝަނަރ ޝްރީ މުނޫ މަހާވަރްއެވެ.
2020 ވަނަ އަހަރު ދިވެހިރާއްޖޭގެ ފަނޑިޔާރުން ތަމްރީނުކުރުމުގެ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އިންޑިޔާގެ ނޭޝަނަލް ޖުޑީޝަލް އެކަޑެމީއާ ދެމެދު ވަނީ އެމް.އޯ.ޔޫ އެއްގައި ސޮއި ކުރައްވާފައެވެ. އަދި މިފަހަރު މިސޮއި ކުރެވުނު އެމް.އޯ.ޔޫގެ ސަބަބުން ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކަށް ފަންނީ ތަމްރީނާއި، ތަޖުރިބާ އިތުރުކުރުމުގެ ތަފާތު ފުރުޞަތުތަކެއް ލިބިގެންދާނެއެވެ.
އެމް.އޯ.ޔޫގައި ސޮއިކުރެއްވުމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސް، އަލްއުސްތާޛާ ޙިސާން ޙުސައިން ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ ޖުޑިޝަރީއަށް ލިބުނު އަގުހުރި ފުރުސަތު ފާހަގަކުރައްވާ، މިފުރުސަތު ތަނަވަސް ކޮށްދެއްވީތީ އިންޑިއާ ސަރުކާރަށް ޝުކުރު ދެންނެވުމާއެކު ކޮމިޝަނުން މި އެމް.އޯ.ޔޫގައިވާ ކަންކަން ތަންފީޒުކުރުމުގައި ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެރުއްވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އިންޑިޔާގެ ސަފީރު، ހައި ކޮމިޝަނަރ ޝްރީ މުނޫ މަހާވަރް، މިނިސްޓްރީ އޮފް ލޯ އެންޑް ޖަސްޓިސްއާއި ކޮމިޝަނާއި އެކު ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުންނާއި، ޖުޑީޝަލް އެކަޑަމީގެ މުވައްޒަފުން ތަމްރީން ކުރުމަށް މުސްތަޤްބަލުގައި ކުރެވޭނެ ކަންތައްތަކުގެ މައްޗަށް އަލި އަޅުވާލެއްވިއެވެ.
ހިމަނާފައިވާ ލިޔުންތައް
2022-08-23_MoU_signing d2.pdf-
ފަހުގެ ލިޔުންތައް
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023
-
މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023
-
ފަހުގެ ލިޔުންތައް
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023 12:01
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023 12:01
-
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023 12:01
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023 12:01