ޚަބަރު / ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު ފަނޑިޔާރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު ފަނޑިޔާރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ސަމީރު 2022 އޭޕްރީލް 17 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން ވަނީ އިސްތިއުފާދެއްވާފައެވެ. ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އަލްއުސްތާޛު ޢަލީ ސަމީރު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން ވެސް ވަކިވެފައެވެ.
އަލްއުސްތާޛު ޢަލީ ސަމީރު ވަނީ 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި ފަނޑިޔާރުކަމުގެ މަގާމުގައި ޚިދުމަތް ކުރައްވާފައެވެ.
މިގޮތުން އަލްއުސްތާޛު ޢަލީ ސަމީރު ހައިކޯޓު ފަނޑިޔާރަކަމަށް އައްޔަނުކޮށްފައި ވަނީ 2011 ވަނަ އަހަރުގެ މާރިޗު މަހުގެ 26 ވަނަ ދުވަހުއެވެ. އޭގެ ކުރިން ޚިދުމަތް ކުރެއްވީ ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައެވެ. ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކޮށްފައި ވަނީ 2009 މޭ 09 ވަނަ ދުވަހުއެވެ. ހައިކޯޓު ހިންގެވުމާ ހަވާލުވެވަޑައިގެން އަލްއުސްތާޛު ޢަލީ ސަމީރު ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ. އަދި ސިވިލް ކޯޓުގެ އިސް ޤާޟީކަމުގެ މަގާމުވެސް ފުރުއްވާ އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ.
އަލްއުސްތާޛު ޢަލީ ސަމީރު ފަނޑިޔާރުކަމުގެ މަގާމު އަދާކުރައްވަން ފެއްޓެވުމުގެ ކުރިން ވެސް ޝަރުޢީ ދާއިރާގެ އެކި ކޯޓުތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ.
ފަނޑިޔާރުކަމުގެ މަގާމުގައި އަލްއުސްތާޛު ޢަލީ ސަމީރު ކުރައްވާފައިވާ މިންނެތް ޚިދުމަތް ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.
އަދި، ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުން 5 ޑިސެމްބަރު 2019 އިން ފެށިގެން މިއަދާ ހަމައަށް އަލްއުސްތާޛު ޢަލީ ސަމީރު ފަނޑިޔާރުންނާއި ޝަރުޢީ ދާއިރާގެ ކުރިއެރުމަށް ކޮށްދެއްވާފައިވާ އަގުހުރި މާނަވީ މަސައްކަތްތައް ފާހަގަކޮށް އެކަމަށްޓަކައި ވެސް ޝުކުރު ދަންނަވަމެވެ.
ހިމަނާފައިވާ ލިޔުންތައް
2022-04-17_PR_Ali Sameer Resignation.pdf 2022-04-17_PR_Ali Sameer Resignation.pdf-
ފަހުގެ ލިޔުންތައް
-
ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ފަތުޙުﷲ ޖަމީލް މޫސާގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދަން ނުފެންނަކަމަށް ނިންމުން
07 February 2023
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023
-
ފަހުގެ ލިޔުންތައް
-
ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ފަތުޙުﷲ ޖަމީލް މޫސާގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދަން ނުފެންނަކަމަށް ނިންމުން
07 February 2023 12:02
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023 12:01
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023 12:01
-
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023 12:01