ޚަބަރު / ގއ.ކޮނޑޭ މެޖިސްޓްރޭޓްކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު އިބްރާހިމް ސަސްޕެންޑް ކުރުމަށް ނިންމުން

ގއ.ކޮނޑޭ މެޖިސްޓްރޭޓްކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު އިބްރާހިމް ސަސްޕެންޑް ކުރުމަށް ނިންމުން

16/03/2022

ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއް، މުހައްމަދު އިބްރާހީމްގެ މަސްލަހަތު ފުށުއަރާތީ އެ މައްސަލައިން ތަނާޒުލުވުމުމަށްފަހު، އެމައްސަލާގައި ދަޢުވާލިބޭފަރާތުގެ ވަކީލުންނަށް ފޮނުވާފައިވާ ކޯޓު އަމުރުތަކުގައި ސޮއިކޮށްފައިވަނީ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްކަމާއި، އަމުރުތަކުގައި ސޮއިކުރުމަށް އެ މައްސަލައާ ޙަވާލުވެހުރި މެޖިސްޓްރޭޓް އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ކައިރީ އެދިފައި ނުވާނެކަމަށް ބުނެފައިވާތީއާއި، އަދި އެ ޤަޟިއްޔާއާ ގުޅިގެން ދަޢުވާލިބޭފަރާތާ މުޢާމަލާތު ކޮށްފައިވާ ހުރިހާ ލިޔުމެއްގައި ސޮއިކޮށްފައިވަނީ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްކަމަށްވާތީ، އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްގެ މަސްލަހަތު ފުށުއަރާ މައްސަލައެއް ހިންގުމަށްޓަކައި، އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ޢަމަލީގޮތުން މަސައްކަތް ކޮށްފައިވާކަން ސާބިތުވެފައިވާތީ، އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހީމްގެ މި ޢަމަލުތަކަކީ، ޤާނޫނު ނަންބަރު 2010/13 ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގާއި ޚިލާފަށް ކޮށްފައިވާ ޢަމަލަކަށްވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 1-32 ވަނަ މާއްދާގެ (ހ)ގެ (3) ވަނަ ނަންބަރުގެ ދަށުން، މުސާރައާއި ޢިނާޔަތްތައް ނުލިބޭ ގޮތަށް 2022 މާރިޗު 17 ވަނަ ދުވަހުން ފެށިގެން، 1 (އެކެއް) މަސްދުވަހަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރުމަށް، 2022 މާރިޗް 16 ވަނަ ދުވަހު ބޭއްވުނު ކޮމިޝަނުގެ މިއަހަރުގެ 18 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ހިމަނާފައިވާ ލިޔުންތައް

2022-03-16_PR_Mohamed Ibrahim.pdf