ޚަބަރު / ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ގާނޫނާ ހިލާފަށް ދޫކުރަން ނިންމި ފައިސާގެ މައްސަލައާ ގުޅޭ
ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ގާނޫނާ ހިލާފަށް ދޫކުރަން ނިންމި ފައިސާގެ މައްސަލައާ ގުޅޭ
ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ގާނޫނާ ހިލާފަށް ވިމަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރަން ނިންމި ފައިސާގެ މައްސަލައާ ގުޅޭގޮތުން ދަންނަވަމެވެ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ވިމަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ގާނޫނާ ހިލާފަށް ފައިސާތަކެއް ދޫކުރިކަމަށް ބުނާ މައްސަލައެއް 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މި ކޮމިޝަނަށް ހުށަހެޅުމުން، މިމައްސަލަ ކޮމިޝަނުން ވަނީ ދިރާސާ ކޮށްފައެވެ.
މި ކޮމިޝަނުން ކުރި ދިރާސާއަށް ފާހަގަވެފައި ވަނީ އެކަމަކީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަހުމަދު ޝުކޫރު، ފަނޑިޔާރުކަމުގެ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަނޑައެޅިގެން ފާޅުކަން ބޮޑު ގޮތުގައި ފަރުވާލެއް ނެތި ގާނޫނާ ހިލާފަށް ހިންގާފައިވާ ކަމެއް ކަމަށެވެ.
އަހުމަދު ޝުކޫރު ހިންގާފައިވާ ގާނޫނާ ހިލާފު މި ކަންތައް މި ކޮމިޝަނަށް ފާހަގަވެފައި ވަނީ، މި ކޮމިޝަނުން ދިރާސާކުރި އެހެން ސުލޫކީ މައްސަލަތަކެއް އޭނާއާމެދު ސާބިތުވެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މި ކޮމިޝަނުން ނިންމުމާ ގުޅިގެން އަމިއްލައަށް މަޖިސްޓްރޭޓްކަމުގެ މަގާމުން އޭނާ ވަކިވެފައި ވަނިކޮށެވެ.
އެހެންކަމުން މި ކޮމިޝަނުން މި މައްސަލާގައި ފާހަގަވި ކަންކަން ބަޔާންކޮށް އެކަންކަން ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް 2021 ވަނަ އަހަރު ޖެނުއަރީމަހު ވަނީ ހުށަހަޅާފައެވެ.
ހިމަނާފައިވާ ލިޔުންތައް
690_20211215.pdf-
ފަހުގެ ލިޔުންތައް
-
ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ފަތުޙުﷲ ޖަމީލް މޫސާގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދަން ނުފެންނަކަމަށް ނިންމުން
07 February 2023
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023
-
ފަހުގެ ލިޔުންތައް
-
ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ފަތުޙުﷲ ޖަމީލް މޫސާގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދަން ނުފެންނަކަމަށް ނިންމުން
07 February 2023 12:02
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023 12:01
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023 12:01
-
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023 12:01