ޚަބަރު / ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދު ވަޒީފާގެ މަސައްކަތަށް ނިކުތުން 14 ދުވަހުގެ މުއްދަތަށް މަނާކުރުމަށް ނިންމުން

ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދު ވަޒީފާގެ މަސައްކަތަށް ނިކުތުން 14 ދުވަހުގެ މުއްދަތަށް މަނާކުރުމަށް ނިންމުން

12/10/2021

ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދުއާ ޙަވާލު ކުރެވޭ ޖިނާއީ މައްސަލަތައް އެއްވެސް ވަރަކަށް ކުރިޔަށް ގެންގޮސްފައި ނުވާކަމަށް ކުރެވުނު ތުހުމަތާ ގުޅިގެން ކުރިޔަށް ގެންދިޔަ ތަޙުޤީޤަށް ލިބުނު މަޢުލޫމާތުގެ އަލީގައި މެޖިސްޓްރޭޓް އިބްރާހީމް ޝާހިދު، ކްރިމިނަލް މައްސަލަތައް ކުރިޔަށް ގެންގޮސްފައި ނުވާކަމުގައި ކުރެވިފައިވާ ތުހުމަތަށް އެފަރާތުން އިޢުތިރާފް ވެފައި ވާތީއާއި އަދި ޙަވާލު ކުރެވޭ ކްރިމިނަލް މައްސަލަތައް ބަލަމުން ނުދާކަމުގައި ތަޙުޤީޤަށް ހޯދުނު އެހެނިހެން ހޯދުންތަކުންވެސް ސާބިތު ވާތީ، މެޖިސްޓްރޭޓް އިބްރާހީމް ޝާހިދުގެ މި ޢަމަލަކީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 34 ވަނަ މާއްދާގެ (ށ) އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 6.1، 6.2 އަދި 6.4 އާ ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެއް ކަމުގައި ވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނގެ ޤާނޫނު)ގެ 32-1 (ހ) ގެ 3 ގެ ދަށުން، މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް މެޖިސްޓްރޭޓް އިބްރާހީމް ޝާހިދު ވަޒީފާގެ މަސައްކަތަށް ނިކުތުން 14 ދުވަހުގެ މުއްދަތަށް މަނާކުރުމަށް ފެންނަ ކަމަށް 2021 އޮކްޓޫބަރު 10 ވަނަ ދުވަހު ބޭއްވި މިކޮމިޝަނުގެ 77 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ހިމަނާފައިވާ ލިޔުންތައް

660_20211012.pdf