ޚަބަރު / ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްކަމަށް ބޭފުޅަކު ހަމަޖައްސަވައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްކަމަށް ބޭފުޅަކު ހަމަޖައްސަވައިފި

14/03/2011

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަލްފާޟިލް އަބޫބަކުރު މުޙަންމަދު ދަފުތަރު ނަންބަރު 3011 ކޮމިޝަނުން ކަނޑައަޅުއްވާފިއެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު ހަމަޖެއްސެމަށް ކުރި އިޢުލާންގެ ދަށުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެންމެ މަތިން މާކްސް ހޯއްދަވައިގެން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް 14 މާޗް 2011 ގައި ބޭއްވުނު ކޮމިޝަންގެ ޖަލްސާއިން ހޮއްވެވި އަލްފާޟިލް އަބޫބަކުރު މުޙައްމަދު، އެ މަޤާމަށް ހޮވިވަޑައިގެންނެވީ، ކޮމިޝަންގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.