ޚަބަރު / އދ. އަތޮޅުގެ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށް ހަމަޖައްސަވައިވާ އަލްއުސްތާޛު ޝުޖާޢު އުޘްމާން މަޤާމުގެ ހުވާކުރައްވައި ފަތްކޮޅު ދެއްވައިފި

އދ. އަތޮޅުގެ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށް ހަމަޖައްސަވައިވާ އަލްއުސްތާޛު ޝުޖާޢު އުޘްމާން މަޤާމުގެ ހުވާކުރައްވައި ފަތްކޮޅު ދެއްވައިފި

07/04/2011

އދ. އަތޮޅުގެ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމަށް 3 އެޕްރީލް 2011 ވަނަ ދުވަހު ހަމަޖައްސަވާފައިވާ، ގއ. ވިލިނގިލީ ހިލިހިލާއާގޭ އަލްއުސްތާޛު ޝުޖާޢު އުޘްމާން، މަޤާމުގެ ހުވާކުރައްވައި ފަތްކޮޅު ދެއްވުން މިއަދު ބާއްވައިފިއެވެ.

މިކަމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަންގައި މިއަދު(7 އެޕްރީލް 2011 ) ބޭއްވުނު ރަސްމިއްޔާތުގައި އދ. އަތޮޅުގެ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމަށް ހަމަޖައްސަވާފައިވާ އަލްއުސްތާޛު ޝުޖާޢު އުޘްމާނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. ފަތްކޮޅު ދެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު އަބްދުﷲއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު އަބްދުﷲ ދެއްކެވި ވާހަކަ ފުޅުގައި ދާއިރާއެއްގެ އިސް މެޖިސްޓްރޭޓެއްގެ ޤާނޫނީ ޒިންމާ އިންސާފުވެރިކަމާ ޢަދުލުވެރިކަމާއެކު ފުރިހަމަކުރެއްވުމަށް ނަޞޭހަތްތެރިވެ ލެއްވިއެވެ. އަދި ހުރިހާ ވަގުތެއްގައިވެސް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއެއްގޮތަށް ޢަމަލުތައް ބެހެއްޓެވުމަށް އެދިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު އަޙްމަދު ރަޝީދާއި، ކޮމިޝަންގެ ސެކްރެޓްރީ ޖެނެރަލް އަލްފާޟިލް އަބޫބަކުރު މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.