ޚަބަރު / ޑްރަގު ކޯޓަށް އައްޔަންކުރެވުނު ޤާޟީންނަކީ އެކޯޓުގެ މަޤާޞަދު ހާސިލްކުރުމަށް ވަރަށް ޤާބިލް، ބޭފުޅުން ކޮޅެއްކަމަށް ދެކެވަޑައިގަންނަވާކަމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް ވިދާޅުވެއްޖެ
ޑްރަގު ކޯޓަށް އައްޔަންކުރެވުނު ޤާޟީންނަކީ އެކޯޓުގެ މަޤާޞަދު ހާސިލްކުރުމަށް ވަރަށް ޤާބިލް، ބޭފުޅުން ކޮޅެއްކަމަށް ދެކެވަޑައިގަންނަވާކަމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް ވިދާޅުވެއްޖެ
މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން އުފައްދަންޖެހޭ ޑްރަގް ކޯޓަށް އައްޔަންކުރެވިފައިވާ ބޭފުޅުންނަކީ އެމަޤާމަށް ވަރަށް ޤާބިލް، ކުޅަދާނަ ބޭފުޅުން ކޮޅެއްކަމަށް ދެކެވަޑައިގަންނަވާކަމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިގޮތަށް ވިދާޅުވީ، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެޤާނޫނުގެ ދަށުން އުފެދިފައިވާ ޑްރަގް ކޯޓަށް އައްޔަންކުރަންޖެހޭ 05 ޤާޟީން އައްޔަންކޮށް، މަޤާމު ހުވާކުރުމާއި ފަތްކޮޅު ދިނުމުގެ ގޮތުން މިރޭ ޖުޑީޝަލް ސާރވިސް ކޮމިޝަންގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުންނެވެ. ރައީސް އާދަމް މުޙައްމަދު ޢަބްދުﷲ ގެ ވާހަކަފުޅުގައި ޢަދުލް އިންޞާފު މިސްތަކުންނަށް ފޯރުކޮށްދެއްވުމަކީ އެންމެ މުހިންމު އެއްމަސައްކަތްކަމާއި، މި ބިންމަތީ އިންސާނުން ލެއްވި މަޤުޞަދު ޙާސިމްވެގެންދާނީ، އެންމެހާ މީސްތަކުންގެ މެދުގައި ހަމަހަމަކަމާއެކު އިންސާފު ޤާއިމުކުރެވިގެންކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ފަނޑިޔާރުން އަބަދުވެސް މަސައްކަތްކުރައްވަންޖެހޭނީ ޙާއްސަ ޕްލެޓް ފޯމެއްގެ މަތީގައި ކަމާއި، އެއީ ފަނޑިޔާރުންގެ ސޫލުކީ މިންގަނޑުކަމާއި، މީގެ އިތުރުން ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކުގެ އިމުގެ ތެރޭގައި އަބަދުވެސް ފަނޑިޔާރުން ތިބެންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން އަލަށް އުފެދިފައިވާ ޑްރަގް ކޯޓުގެ ޤާޟީންގެ މަޤާމަށް އައްޔަންކުރެވި 05 ބޭފުޅުންނަކީ، އަލްއުސްތާޛު މަޙާޒް ޢަލީ ޒާހިރު، އަލްއުސްތާޛު ޙުސައިން ޝަހާމަތު މާހިރު، އަލްއުސްތާޛު ޒުބައިރު މުޙައްމަދު، އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު، އަދި އަލްއުސްތާޛު މުޙައްމަދު ޢީސާފުޅެވެ.
-
ފަހުގެ ލިޔުންތައް
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
28 March 2023
-
ކްރިމިނަލް ކޯޓު އަދި ގއ.ޖުޑީޝަލް ދާއިރާ ވަގުތީގޮތުން ހިންގުން ޙަވާލުކުރުން
13 March 2023
-
ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
06 March 2023
-
ތ.ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުﷲ ޙުސައިން، ތ.ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކުރުން
22 February 2023
-
ސިވިލް ކޯޓުގެ ޤާޟީ އާދަމް އިބްރާހިމް އިސްމާޢީލްގެ ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ނިންމުން
22 February 2023
-
ފަހުގެ ލިޔުންތައް
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
28 March 2023 12:03
-
ކްރިމިނަލް ކޯޓު އަދި ގއ.ޖުޑީޝަލް ދާއިރާ ވަގުތީގޮތުން ހިންގުން ޙަވާލުކުރުން
13 March 2023 12:03
-
ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
06 March 2023 12:03
-
ތ.ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުﷲ ޙުސައިން، ތ.ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކުރުން
22 February 2023 12:02