ޚަބަރު / ކޮމިޝަނުގެ ނައިބުރައީސްކަމުގެ މަޤާމަށް ކޮމިޝަނުގެ މެންބަރު ޢަބްދުﷲ ދީދީ ހަމަޖައްސަވައިފި
ކޮމިޝަނުގެ ނައިބުރައީސްކަމުގެ މަޤާމަށް ކޮމިޝަނުގެ މެންބަރު ޢަބްދުﷲ ދީދީ ހަމަޖައްސަވައިފި
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ހުސްވެފައިވާ ނާއިބުރައީސްކަމުގެ މަޤާމަށް ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ކޮމިޝަންގެ މެމްބަރުކަމަށް ހަމަޖައްސަވާފައި ހުންނަވާ، ކޮމިޝަންގެ މެންބަރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ހަމަޖައްސަވައިފިއެވެ.
އިއްޔެ ބޭއްވުނު ކޮމިޝަންގެ މިއަހަރުގެ 43 ވަނަ ބައްދަލުމުގައި މި މަޤާމަށް ޢަބްދުﷲ ދީދީ ހޮއްވެވީ، އެމަޤާމަށް ކުރިމަތި ލުމަށް އިއްޔެ ޖަލްސާގައި ފުރުސަތު ހުޅުވާލުމުން، ކޮމިޝަންގެ މެމްބަރު އަލްފާޟިލް ޢަބްދުﷲ ޝާހިދު، ޢަބްދުﷲ ދީދީގެ ނަން ހުށަހަޅުއްވައި، އެނަމަށް ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު މުޙައްމަދު ޝަލީމް (ރޭނިސް ސަލީމް) ތާއިދު ކުރެއްވުމުން، އަދި އެކަމަށް ޢަބްދުﷲދީދީ އިޢުތިރާޒު ނުކުރެއްވުމުން، މެންބަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓުންނެވެ. އެގޮތުން މި ޖަލްސާގައި ޢަބްދުﷲ ދީދީ ކޮމިޝަންގެ ނާއިބުރައީސްކަމުގެ މަޤާމަށް ހޮވިވަޑައިގެންފައިވަނީ، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 07 މެމްބަރުންގެ އިއްތިފާޤުންނެވެ.
އިއްޔެގެ ޖަލްސާގައި ކޮމިޝަނުގެ ނާއިބުރައީސްކަމުގެ މަޤާމަށް އިތުރު އެހެން މެންބަރަކު ކުރިމައްޗެއް ނުލައްވައެވެ. އަދި އިތުރު މެންބަރެއްގެ ނަމެއް ހުށަހެއްވެސް ނޭޅެއެވެ. ކޮމިޝަންގެ ނާއިބުރައީސްކަމުގެ މަޤާމުގައި ކުރިން ހުންނެވީ، އޭރުގެ ބަންޑާރަނާއިބު އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒެވެ.
-
ފަހުގެ ލިޔުންތައް
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023
-
މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023
-
ފަހުގެ ލިޔުންތައް
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023 12:01
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023 12:01