ޚަބަރު / ކޮމިޝަންގެ މައްޗަށް ދަޢުވާލިބޭގޮތަށް ހައިކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާގެ މައްސަލައަވަސްކޮށްދެއްވުމަށް އެދި ކޮމިޝަނުން ހައިކޯޓުގައި ސިޓީއަކުން ދެންނެވުމާގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ މަޖިލީހުގެ ރައީސް ފޮނުއްވި ސިޓީފުޅާގުޅިގެން ކޮމިޝަންގެ ރައީސް އެކަން ސާފުކޮށްދެއްވައި މަޖިލީހުގެ ރައީސަށް ސިޓީފުޅެއް ފޮނުއްވައިފި

ކޮމިޝަންގެ މައްޗަށް ދަޢުވާލިބޭގޮތަށް ހައިކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާގެ މައްސަލައަވަސްކޮށްދެއްވުމަށް އެދި ކޮމިޝަނުން ހައިކޯޓުގައި ސިޓީއަކުން ދެންނެވުމާގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ މަޖިލީހުގެ ރައީސް ފޮނުއްވި ސިޓީފުޅާގުޅިގެން ކޮމިޝަންގެ ރައީސް އެކަން ސާފުކޮށްދެއްވައި މަޖިލީހުގެ ރައީސަށް ސިޓީފުޅެއް ފޮނުއްވައިފި

02/05/2013

ކޮމިޝަންގެ މައްޗަށް ދަޢުވާލިބޭގޮތަށް ހައިކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާގެ މައްސަލައާމެދު ހައިކޯޓުގެ ވިލާޔަތުގެ ދަށުގައި އޮތްއޮތުމަށް އަވަސްނިމުމެއް ގެނެސްދެއްވުމަށް އެދި ކޮމިޝަނުން ހައިކޯޓުގައި ސިޓީއަކުން ދެންނެވުމާގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ ކޮމިޝަންގެ މެމްބަރެއްގެ ހައިސިއްޔަތުން މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ފޮނުއްވާފައިވާ ސިޓީފުޅާގުޅިގެން ކަންހިގާފައިވާގޮތް ސާފުކޮށްދެއްވާ ކޮމިޝަންގެ ރައީސް ސިޓީފުޅެއް ފޮނުއްވައިފިއެވެ.

 މިސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ގޮތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން، އެކި މުއައްސަސާތަކަށް ހުށަހަޅާފައި ހުންނަ މައްސަލަތަކާއި، އަދި ކޮމިޝަނާ ގުޅޭގޮތުން އެކި މުއައްސަސާތަކަށް ހުށަހެޅިފައި ހުންނަ މައްސަލަތައް އެތަންތަނުން ނިންމުން އަވަސްކޮށްދެއްވުމަށް އެދި ސިޓީއާއި އެފަދަ އެހެނިހެން ލިޔެކިޔުންތައް އެ މުއައްސަސާތަކަށް ފޮނުވުމުގެ ބާރު ކޮމިޝަންގެ ރިޔާސަތަށް ލިބިދީ، ކޮމިޝަންގެ ނަންބަރު JSC-B1/12/03 (02 ޖެނުއަރީ 2012)ގެ ނިންމުނުމުން ވަނީ ނިންމާފައިކަމާއި އެގޮތުން ސިވިލް ކޯޓަށް ކޮމިޝަނުގެ މައްޗަށް ހުށަހެޅިފައިވާ މައްސަލަތަކާއި އަދި ސުޕްރީމް ކޯޓަށް ކޮމިޝަނުން ހުށަހަޅާފައިވާ މައްސަލަތަކާގުޅިގެން ކޮމިޝަންގެ އިސްވެ މިދެންނެވި ނިންމުމުގެ ދަށުން މައްސަލަތައް އަވަސްކޮށްދެއްވުމަށް ސިޓީން މީގެ ކުރިންވެސް ދެންނެވިފައިވާނެކަމަށް ވިދާޅުވެފައިވެއެވެ. އަދި މީގެ އިތުރުން ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 8 ވަނަ މާއްދާގައި ކޮމިޝަންގެ އެކިއެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމަށް ކޮމިޝަންގެ މެމްބަރުންނާ ހަވާލުކުރާނީވެސް ކޮމިޝަންގެ ރައީސްކަމަށާއި އަދި ހަމައެޤާނޫނުގެ 9 ވަނަ މާއްދާގައި ކޮމިޝަންގެ ރައީސް، ކޮމިޝަންގެ ނާއިބުރައީސާ ހަވާލުކުރާ މަސްއޫލިއްޔަތު ތައްވެސް ކޮމިޝަންގެ ނާއިބުރައީސް އަދާކުރަންވާނެކަމަށް ކަނޑައެޅިބަޔާންވެފައިވާކަމަށް ވިދާޅުވެފައިވެއެވެ.

އެގޮތުންް ކޮމިޝަންގެ ނިންމުމެއްގެ ދަށުން ކޮމިޝަންގެ ރިޔާސަތަށް ލިބިދިފައިވާ ބާރުތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކޮމިޝަންގެ އެކިއެކި މެމްބަރުނާއި ނުވަތަ ކޮމިޝަންގެ ނާއިބުރައީސާ ޙަވާލުކުރުމަކީ  ކޮމިޝަންގެ ޤާނޫނުގެ 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާގެ ދަށުން ކޮމިޝަންގެ ރިޔާސަތަށް ލިބިދީފައިވާ ބާރެއްކަން ވަރަށް ސާފުކޮށް އެނގޭކަމަށާއި އެހެންކަމުން މަޖިލީހުގެ ރައީސްގެ ސިޓީފުޅުގައި އިޝާރަތްކުރައްވާފައިވާ ކޮމިޝަންގެ މައްޗަށް ދަޢުވާލިބޭގޮތަށް ހައިކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާގެ މައްސަލައާމެދު ހައިކޯޓުގެ ވިލާޔަތުގެ ދަށުގައި އޮތްއޮތުމަށް އަވަސްނިމުމެއް ގެނެސްދެއްވުން އެދި މި ކޮމިޝަންގެ ނާއިބުރައީސް ސޮއިކުރައްވައި ފޮނުއްވާފައިވާ ސިޓީ ފޮނުއްވާފައިވަނީ ކޮމިޝަންގެ މިދެންނެވި ނިންމުމުންނާއި ކޮމިޝަންގެ ޤާނޫނުގެ 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާއިން ކޮމިޝަންގެ ރިޔާސަތަށް ލިބިދިފައިވާ ބާރުގެ ދަށުން ކޮމިޝަންގެ ނާއިބުރައީސްއަށް އެކަންކުރުމުގެ ބާރާއި އިޚްތިޔާރު ލިބިގެންކަމަށްވާތީ އެސިޓީ ފޮނުވާފައިވަނީ ކޮމިޝަންގެ މިދެންނެވި ނިންމުމާއި އަދި ކޮމިޝަންގެ ޤާނޫނުގެ 8 ވަނަ މާއްދާއާއި 9 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ހަމަތަކާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށް ވިދާޅުވެފައިވެއެވެ.

މި ސިޓީފުޅުގައި އިތުރަށް ވިދާޅުވެފައިވާގޮތުގައި ކޮމިޝަންގެ ނިންމުމުގައި ކަނޑައެޅިބަޔާންވެފައިވާ އުޞޫލުތަކަށާއި އަދި ކޮމިޝަންގެ ޤާނޫނުގެ މިދެންނެވި މާއްދާތަކުގައި ބަޔާންކުރެވިފައިވާ ހަމަތަކަށް ރިޔާޢަތްކުރެއްވުމެއްނެތި މިފަދަ ސިޓީފުޅެއް ފޮނުއްވާފައިވާތީ ހިތާމަކުރައްވާކަމަށާއި އަދި ކޮމިޝަންގެ ރައީސް  ޔަޤީންކުރަނީ މަޖިލީހުގެ ރައީސްގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ސިޓީއާބެހޭގޮތުން ކަންހިގާފައިވާގޮތް، އެއްވެސް ޝައްކަކަށް އަދި ވަހުމަކަށް ތަން ނުދޭ މިންވަރަށް މި ސިޓީން ސާފުވެ ވަޑައިގަންނަވާނެ ކަމަށްކަމުގައި ވިދާޅުވެފައިވެއެވެ.