ޚަބަރު / “ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު” ގެ 02 ވަނަ މާއްދާއަށް ކޮމިޝަނުން އިޞްލާޙުގެނެސްފި
“ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު” ގެ 02 ވަނަ މާއްދާއަށް ކޮމިޝަނުން އިޞްލާޙުގެނެސްފި
“ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު” ގެ 02 ވަނަ މާއްދާއަށް ކޮމިޝަނުން އިޞްލާޙުގެނައުމަށް ނިންމައިފިއެވެ.
ކޮމިޝަނުން މިގޮތަށް ނިންމީ ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމުގެ ކަންކަމުގައި ޢަމަލުރާނީ، ޤާނޫނު ނަންބަރު:2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 47 ވަނަ މާއްދާ (ކުރީގެ 46 ވަނަ މާއްދާ)ގެ ދަށުން ކޮމިޝަނަށް ހުށަހަޅާ ހުށަހެޅުމަކުންކަމަށް ކަނޑައަޅާފައިވުމުން، މިހާރު ކޮމިޝަނުން ފާސްކުރައްވައި ޢަމަލުކުރަމުން ގެންދާ، “ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާއިދު”ގެ 2 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 47 ވަނަ މާއްދާއާ ތަޢާރުޒުވާކަމަށް ފެންނާތީއެވެ.
އެގޮތުން “ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު” ގެ 02 ވަނަ މާއްދާއަށް ތިރީގައިވާ ގޮތަށް އިޞްލާޙް ގެނައުމަށް ކޮމިޝަނުން ނިންމެވީއެވެ.
ފަނޑިޔާރަކު އެހެން ކޯޓަކަށް ބަދަލުވުމަށް އެދި ހުށަހެޅުން
2.
(ހ)
މި ޤަވާޢިދުގެ ދަށުން، ފަނޑިޔާރަކު ޢައްޔަނުކޮށްފައިވާ ކޯޓު ފިޔަވައި އެހެން ކޯޓަކަށް ބަދަލުވާން ބޭނުންވާނަމަ ސަބަބު ބަޔާންކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
ފަނޑިޔާރަކު ޢައްޔަނުކޮށްފައިވާ ކޯޓު ފިޔަވައި އެހެން ކޯޓަކަށް ބަދަލުވާން ބޭނުންވާ ފަނޑިޔާރުން ސަބަބު ބަޔާންކޮށް ހުށަހަޅާނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށެވެ.
(ށ)
މި މާއްދާގެ (ހ) ގައިވާގޮތުގެމަތިން އެހެން ކޯޓަކަށް ބަދަލުވުމަށް ހުށަހެޅޭނީ ބަދަލުވާން އެދޭ ކޯޓަކީ، ހުސް މަޤާމެއް އޮތް ކޯޓެއްކަމުގައި ވާނަމައެވެ.
މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާ ނިންމުންތައް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.
(ނ)
މި މާއްދާގެ (ހ) ގެ ދަށުން ފަނޑިޔާރަކު އޭނާ ޢައްޔަނުކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުވުމަށް އެދި ހުށަހެޅޭނީ އެ ފަނޑިޔާރަކު ޢައްޔަނުކޮށްފައިވާ ކޯޓާއި އެއްދަރަޖައެއްގެ ކޯޓެއް ނުވަތަ އެއަށްވުރެ ދަށު ކޯޓަކަށެވެ.
މި މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ހުށަހަޅާ ހުށަހެޅުންތަކާގުޅޭ ގޮތުން، މިޤަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޔާޢަތްކުރުމަށްފަހު، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ވަޒީފާ ކޮމިޓީން ނިންމާ ނިންމުމެއް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރަސްމީ ޖަލްސާއަކަށް ހުށަހަޅައި، އެނިންމުމާ ގުޅޭގޮތުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ގޮތެއް ނިންމަންވާނެއެވެ.
-
ފަހުގެ ލިޔުންތައް
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
28 March 2023
-
ކްރިމިނަލް ކޯޓު އަދި ގއ.ޖުޑީޝަލް ދާއިރާ ވަގުތީގޮތުން ހިންގުން ޙަވާލުކުރުން
13 March 2023
-
ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
06 March 2023
-
ތ.ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުﷲ ޙުސައިން، ތ.ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކުރުން
22 February 2023
-
ސިވިލް ކޯޓުގެ ޤާޟީ އާދަމް އިބްރާހިމް އިސްމާޢީލްގެ ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ނިންމުން
22 February 2023
-
ފަހުގެ ލިޔުންތައް
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
28 March 2023 12:03
-
ކްރިމިނަލް ކޯޓު އަދި ގއ.ޖުޑީޝަލް ދާއިރާ ވަގުތީގޮތުން ހިންގުން ޙަވާލުކުރުން
13 March 2023 12:03
-
ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
06 March 2023 12:03
-
ތ.ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުﷲ ޙުސައިން، ތ.ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކުރުން
22 February 2023 12:02