ޚަބަރު / ގއ.ވިލިނގިލި މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް ޙަސަން ނަޖީބުގެ ސަސްޕެންޝަން ނިމުމަކަށް ގެނައުމަށް ކޮމިޝަނުން ނިންމުން
ގއ.ވިލިނގިލި މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް ޙަސަން ނަޖީބުގެ ސަސްޕެންޝަން ނިމުމަކަށް ގެނައުމަށް ކޮމިޝަނުން ނިންމުން
ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް ޙަސަން ނަޖީބުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެންފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދާދިން ކަމަށްބުނާ ދަޢުވާއާ ގުޅިގެން އެމައްސަލަ ވަކިގޮތަކަށް ނިމެންދެން ނުވަތަ މިކޮމިޝަނުން ވަކި އެއްޗެއް އަންގަންދެން މިކޮމިޝަނަށް ލިބިފައިވާ ބާރުގެ ދަށުން އެމައްސަލަ ވަކިގޮތަކަށް ނިމެންދެން މެޖިސްޓްރޭޓް އަދާކުރަމުން ދިޔަ ވަޒީފާޔަށް 20 ނޮވެމްބަރ 2009 ވަނަ ދުވަހުން ފެށިގެން ނުނިކުންނަވައި ގޭގައި މަޑުކޮށްލުމަށް މި ކޮމިޝަނުން އަންގާފައިވާ އެންގުން މިއަދު (01 އޯގަސްޓް 2013 ) ން ފެށިގެން ނިމުމަކަށް ގެނައުމަށް ކޮމިޝަނުން ނިންމިއެވެ.
މިގޮތަށް ނިންމާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާކުރި މައްސަލަޔާ ގުޅިގެން ޙަސަން ނަޖީބުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުގެ ނަމްބަރ: (2341/JC/2009)571/Cr-C/2010 ޤަޟިއްޔާ އިން ނިންމެވުމާ ގުޅިގެން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމާގުޅިގެން އެކޯޓުގެ ނަމްބަރ: 2012/HC-A/165 ޤަޟިއްޔާ އިން ވެސް ކްރިމިނަލްކޯޓުގެ ޙުކުމަށް ތާޢީދުކޮށްފައި ވާތީއާއި އަދި މިމައްސަލަ ސުޕްރީމްކޯޓުގައި އިލްތިމާސ ކުރުމުގެ ޤާނޫނީ މުއްދަތު ހަމަވެފައިވުމާއެކު މިހާތަނަށްވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި އިލްތިމާސް ކުރައްވާފައި ނުވާތީ، މިމައްސަަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމްކޯޓުގައި އިލްތިމާސް ކުރުމަށް ޤަޞްތުކުރައްވާތޯ ނުވަތަ ނޫންތޯ ސާފުކުރުމަށް މިކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުވުމުން މިމައްސަލަ ސުޕްރީމްކޯޓުގައި އިލްތިމާސް ކުރުމަށް ޤަސްތު ނުކުރައްވާ ކަމަށް ބަޔާންކޮށް އެއޮފީހުގެ ނަމްބަރ: 196-A/195/2013/04 ސިޓީން އެންގެވުމާ ގުޅިގެންނެވެ.
މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވުނު ކޮމިޝަނުގެ 74 ވަނަ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުންނެވެ.
01 އޯގަސްޓް 2013
-
ފަހުގެ ލިޔުންތައް
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
28 March 2023
-
ކްރިމިނަލް ކޯޓު އަދި ގއ.ޖުޑީޝަލް ދާއިރާ ވަގުތީގޮތުން ހިންގުން ޙަވާލުކުރުން
13 March 2023
-
ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
06 March 2023
-
ތ.ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުﷲ ޙުސައިން، ތ.ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކުރުން
22 February 2023
-
ސިވިލް ކޯޓުގެ ޤާޟީ އާދަމް އިބްރާހިމް އިސްމާޢީލްގެ ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ނިންމުން
22 February 2023
-
ފަހުގެ ލިޔުންތައް
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
28 March 2023 12:03
-
ކްރިމިނަލް ކޯޓު އަދި ގއ.ޖުޑީޝަލް ދާއިރާ ވަގުތީގޮތުން ހިންގުން ޙަވާލުކުރުން
13 March 2023 12:03
-
ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
06 March 2023 12:03
-
ތ.ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުﷲ ޙުސައިން، ތ.ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކުރުން
22 February 2023 12:02