ޚަބަރު / ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ނިޝާރުގެ ސުލީކީ މައްސަލައެއް ބެލުމަށް ތަހްޤީޤް ކޮމެޓީ އެކުލަވާލުން

ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ނިޝާރުގެ ސުލީކީ މައްސަލައެއް ބެލުމަށް ތަހްޤީޤް ކޮމެޓީ އެކުލަވާލުން

30/12/2020

ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ނިޝާރު އައްޔަނުކޮށްފައިވާ ކޯޓަށް ގަވާއިދުން ނުނިކުންނަވައި އެހެން މެޖިސްޓްރޭޓް ކޯޓަކަށް ނިކުންނަވާކަމަށް ބުނާ މައްސަލަ ތަހްޤީޤްކުރުމަށް މި ކޮމިޝަންގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމެޓީން ނިންމާފައިވާތީ، އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ނިޝާރުގެ ސުލޫކީ މި މައްސަލަ ބެލުމަށް ތަޙުޤީޤު ކޮމެޓީ، 30 ޑިސެންބަރު 2020 ގައި ބޭއްވުނު މި ކޮމިޝަންގެ 101 ވަނަ ޖަލްސާގައި އެކުލަވާލާފައިވެއެވެ.