ޚަބަރު / ބ.ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ނިޝާރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ތަހްޤީޤް ކޮމިޓީ އެކުލަވާލުން

ބ.ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ނިޝާރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ތަހްޤީޤް ކޮމިޓީ އެކުލަވާލުން

27/12/2020

ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ނިޝާރުއާ ވިޔާފާރީގެ ގުޅުން އޮންނަ ފަރާތަކަށް ރައްދުވާ ގޮތަށް ބ.ގޮއިދޫ ކޯޓަށް ހުށަހެޅުނު ޤަޟިއްޔާއެއް ބެލުމުން ތަނާޒުލު ނުވެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ނިޝާރު އެ ޤަޟިއްޔާ ކުރިއަށް ގެންދިއުމާއި، އެ ޤަޟިއްޔާ ކުރިއަށް ގެންދިޔުމުގައި ވެސް ފަނޑިޔާރެއްގެ ސުލޫކަށް އަސަރުކުރާގޮތަށް އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ނިޝާރު ޢަމަލުކުރި ކަމަށާއި، އަދި އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ނިޝާރު އަމިއްލަ ވިޔަފާރިކޮށްގެން އާމްދަނީ ހޯދާއިރު އެކަން އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ނިޝާރުގެ މާލީ ބަޔާނުގައި ހާމަކޮށްފައި ނުވާކަމަށް ބެލެވޭތީ، މި މައްސަލަތައް ތަޙުޤީޤުކުރުމަށް މި ކޮމިޝަނުގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން ނިންމާފައި ވާތީ، އެ މައްސަލަތައް ތަޙުޤީޤުކުރާނެ ކޮމިޓީ، 27 ޑިސެންބަރު 2020 ގައި ބޭއްވި މި ކޮމިޝަންގެ 100 ވަނަ ޖަލްސާގައި އެކުލަވާލާފައިވެއެވެ.