ޚަބަރު / މ.މުލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު ޙުސައިން ޢާމިރުއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން

މ.މުލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު ޙުސައިން ޢާމިރުއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން

08/06/2021

މ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ސްކޫލްގައި ކިޔަވަމުންދިޔަ، މ.މުލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް (ކުރީގެ މ.ދިއްގަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް) އަލްއުސްތާޛު ޙުސައިން ޢާމިރުގެ ދަރިފުޅަކަށް އެހެން ދަރިވަރެއްގެ ފަރާތުން ކުރިމަތިވި ގަނާކުރުމުގެ ޢަމަލަކާގުޅިގެން ގަނާކުރި ކުއްޖާއާމެދު ރުޅި އިސްކޮށް އެ ކުއްޖާއާމެދު އިހާނެތި ގޮތަކަށް މެޖިސްޓްރޭޓް އަލްއުސްތާޛު ޙުސައިން ޢާމިރު ޢަމަލުކޮށްފައިވާކަން ސާބިތު ވާތީ، މެޖިސްޓްރޭޓް އަލްއުސްތާޛު ޙުސައިން ޢާމިރުގެ މިޢަމަލަކީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ)ގެ 9 ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.8 އާއި 4.1 އާ ޚިލާފު ޢަމަލެއްކަމަށް ވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ 1-32 (ހ) ގެ 3 ގެ ދަށުން، މުސާރައާއި ޢިނާޔަތްތައް ނުލިބޭގޮތަށް މެޖިސްޓްރޭޓް އަލްއުސްތާޛު ޙުސައިން ޢާމިރު ވަޒީފާގެ މަސައްކަތަށް ނުކުތުން 03 މަސް ދުވަހަށް މަނާކުރުމަށް، 06 ޖޫން 2021 ވަނަ ދުވަހު ބޭއްވުނު މި އަހަރުގެ މި ކޮމިޝަނުގެ 45 ވަނަ ޖަލްސާގައި ވަނީ ނިންމާފައެވެ.

ހިމަނާފައިވާ ލިޔުންތައް

284_20210831.pdf