ގއ. އަތޮޅު ލީގް ޒަމާނީ ބަށިބޯޅަ މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް އިޢުލާން ކޮށްފައިވަނިކޮށް މި މުބާރާތް ކުރިއަށްދަނީ މުބާރާތުގެ ޤަވާއިދުތަކާ ޚިލާފަށް ކަމަށް ބުނެ ގއ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި، ވަގުތީ އަމުރެއްނެރެ މުބާރާތުގެ ފައިނަލް މެޗުގެ ކުޅުން ހުއްޓުވާފައިވާ މައްސަލާގައި، ގއ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 64/P4C/2019 ޤަޟިއްޔާއަކީ އަވަހަށް ބަލައި ނިންމަންޖެހޭ މައްސަލައަކަށްވީހިނދު، އެ ޤަޟިއްޔާ ހިންގައި ނިންމުން އެކަށީގެންނުވާ މިންވަރަށް ލަސްކޮށް އެ ޤަޟިއްޔާ ހިންގުމުގައި ގއ.ނިލަންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަބްދުލްމުޙުސިން ޢަބްދުލްޙަކީމް ޢަމަލުކޮށްފައިވަނީ އެކަށީގެންނުވާ ގޮތަށް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލާގައި، ގއ. އަތޮޅު ލީގު- ޒަމާނީ ބަށިބޯޅަ މުބާރާތުގެ 11 މެޗްގެ ތެރެއިން 10 މެޗްކުޅެވި ފައިނަލް މެޗާ ހަމައިން ވަގުތީ އަމުރެއްނެރެ ހުއްޓުވައި 2 މަހާ 26 ދުވަސް ބޭއްވުމަކީ އެތަކެއް ބައެއްގެ ވަގުތާއި ޚަރަދުތަކެއް އެކަމުގެ ސަބަބުން ބޭކާރުވެގެންދާނެ ކަމެއްކަމަށްވުމާއެކު، ފަނޑިޔާރުގެއާމެދު އާންމުންގެ އިތުބާރު ގެއްލިދާނެފަދަ ޢަމަލެއްކަމަށް ވީހިނދު، އިސްމެޖިސްޓްރޭޓް ޢަބްދުލްމުޙުސިން ޢަބްދުލްޙަކީމްގެ މި ޢަމަލަކީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 7 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.2 އާއި، އާއި، 3.1 އާއި، 3.2 އަދި 6.4 ވަނަ ނަންބަރާ ޚިލާފަށް ކޮށްފައިވާ ޢަމަލެއްކަމަށްވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 32-1 (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން، އިސްމެޖިސްޓްރޭޓް ޢަބްދުލްމުޙުސިން ޢަބްދުލްޙަކީމަށް ނަޞޭޙަތްދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށް، 10 ފެބުރުވަރީ 2021 ގައި ބޭއްވި މި އަހަރުގެ މި ކޮމިޝަނުގެ 11 ވަނަ ޖަލްސާގައި ވަނީ ނިންމާފައެވެ.
- މުހިންމު މަޢުލޫމާތު
- ކޮމިޝަން
- މެންބަރުން
- މަސައްކަތްތައް
- އަޅުގަނޑުމެންނާ ގުޅުއްވާ
ޚަބަރު /
ނޫސްބަޔާން: ގއ. ނިލަންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަބްދުލްމުޙުސިން ޢަބްދުލްޙަކީމާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން
18/02/2021
-
ފަހުގެ ލިޔުންތައް
-
ސިވިލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ ޢަލީއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން
26 April 2022
-
ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޚަދީޖާ ލީނާއާ ގުޅޭގޮތުން ތަހުޤީޤު ކުރެވުނު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމުން
25 April 2022
-
ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އިސްމާޢީލް މާހިރުއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން
25 April 2022
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމުން
20 April 2022
-
ޑްރަގް ކޯޓުގެ ޤާޟީ އައްޝައިޚް މުޙައްމަދު ނަޢީމުގެ ސުލޫކީ މައްސަލައެއް ތަޙްޤީޤްކުރަން ނިންމުން
19 April 2022
-
ފަހުގެ ލިޔުންތައް
-
ސިވިލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ ޢަލީއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން
26 April 2022 12:04
-
ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޚަދީޖާ ލީނާއާ ގުޅޭގޮތުން ތަހުޤީޤު ކުރެވުނު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމުން
25 April 2022 12:04
-
ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އިސްމާޢީލް މާހިރުއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން
25 April 2022 12:04
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމުން
20 April 2022 12:04