ޚަބަރު / ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ އެޑްވައިޒަރީ ކޮމިޓީ އަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ފަރާތުން ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ހަމަޖެއްސުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ އެޑްވައިޒަރީ ކޮމިޓީ އަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ފަރާތުން ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ހަމަޖެއްސުން

01/02/2021

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި އޮންނަ އެޑްވައިޒަރީ ކޮމިޓީއަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން ބޭފުޅަކު ހަމަޖައްސަވައިދެއްވުމަށް އެ ފެކަލްޓީން އެދިވަޑައިގެންފައި ވާތީ މި ކޮމިޝަންގެ މެމްބަރ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު އެ ކޮމިޓީއަށް ހަމަޖެއްސުމަށް  31 ޖަނަވަރީ 2021 ގައި ބޭއްވި މި ކޮމިޝަންގެ މި އަހަރުގެ 08 ވަނަ ޖަލްސާގައި ނިންމެވިއެވެ. އަދި ކޮމިޝަނުން އިތުރަށް ނިންމަވާފައި ވަނީ މި ކޮމިޓީގެ ބައްދަލުވުންތަކަށް އެ ފެކަލްޓީން ޢިނާޔަތެއް ދެއްވިކަމުގައި ވިޔަސް މި ކޮމިޝަނުން ހަމަޖެއްސެވި ބޭފުޅާ އެ ކޮމިޓީގައި މަސައްކަތްކުރައްވާނީ އެއްވެސް އުޖޫރައެއް ނެންގެވުމެއް ނެތި ކަމަށެވެ.