ޚަބަރު / ޚަބަރަށް ދޭ މައުލޫމާތު

ޚަބަރަށް ދޭ މައުލޫމާތު

30/08/2021

ކްރިމިނަލް ކޯޓުން ބެއްލެވި މައްސަލައެއްގައި ޙުކުމް ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ފަނޑިޔާރުންނަށް އެ މައްސަލަ ވަކި ގޮތަކަށް ނިންމުވުމަށް ނުފޫޒު ފޯރުވިކަމަށް އެ ފަނޑިޔާރުން ވިދާޅުވާކަމަށް ބުނާ މައްސަލަ ތަޙުޤީޤުކުރުމަށް މިއަދު ހެނދުނު ބޭއްވި މި ކޮމިޝަންގެ ކުއްލި ޖަލްސާއެއްގައި ނިންމައި، އެ މައްސަލަ ތަޙުޤީޤުކުރުމަށް އެކުލަވައިލި ކޮމިޓީން މައްސަލައިގެ ތަޙުޤީޤު މިހާރު ފަށާފައިވާ ކަމުގައި ދަންނަވަމެވެ. މި ގޮތުން އެ މައްސަލާގައި ހިމެނޭ ފަނޑިޔާރުންގެ ފަރާތުން މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުންދާކަމުގައި ވެސް ދަންނަވަމެވެ.

ހިމަނާފައިވާ ލިޔުންތައް

258_20210831.pdf