އިޢުލާން / ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ކޮންސަލްޓެންޓް

ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ކޮންސަލްޓެންޓް

12/10/2026

މި ކޮމިޝަނަށް ފަނޑިޔާރުންގެ ހިއުމަން ރިސޯސް ސިސްޓަމެއް ތައްޔާރުކޮށްދޭން ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ކޮންސަލްޓެންޓެއް ހޯދުމަށް ކުރެވުނު ކޮމިޝަންގެ (IUL)195-A/195/2026/43 (30 ސެޕްޓެންބަރު 2026) ނަންބަރު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން ފަނޑިޔާރުންގެ ހިއުމަން ރިސޯސް ސިސްޓަމެއް ތައްޔާރުކޮށްދޭން ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ކޮންސަލްޓެންޓެއް ހޯދުމަށް އިޢުލާން ކުރަމެވެ. 

ވިމާ، މި ކޮމިޝަނަށް ފަނޑިޔާރުންގެ ހިއުމަން ރިސޯސް ސިސްޓަމެއް ތައްޔާރުކޮށްދޭން ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ކޮންސަލްޓެންޓަކަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. 

ނަން:
ފަނޑިޔާރުންގެ ހިއުމަން ރިސޯސް ސިސްޓަމް ތައްޔާރުކޮށްދޭން ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ކޮންސަލްޓެންޓެއް ހޯދުން
އަދަދު:
01
މަސައްކަތް ކުރަންޖެހޭ ތަން:
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ތަނެއްގައި
އަގު:
35,000/- (ތިރީސް ފަސްހާސް ރުފިޔާ) ކޮންމެ މަހަކު (ޓަރމްސް އޮފް ރިފަރަންސްގައި ވާގޮތަށް އެ މަހަކު ނިންމަންޖެހޭ މަސައްކަތް ނިމުމުން)
މުއްދަތު:
12 މަސް
އިތުރު މަޢުލޫމާތު:
އިޢުލާނާ އެޓޭޗް ކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް)
މި ކޮމިޝަނަށް ފަނޑިޔާރުންގެ ހިއުމަން ރިސޯސް ސިސްޓަމް އެއް ތައްޔާރުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު ގެޒެޓް ކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) އާއި އެއްގޮތަށް ޕްރޮޕޯސަލް ތައްޔާރުކުރުމަށްފަހު 21 އޮކްޓޫބަރު 2026 ވާ ބުދަ ދުވަހުގެ 11:00 އަށް މި ކޮމިޝަނަށް (ހ.ސަކީނާމަންޒިލް / މެދުޒިޔާރަތްމަގު) ހާޒިރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންނަމަ 19 އޮކްޓޫބަރު 2026 ވާ ހޯމަ ދުވަހު ގެ 14:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. 

 

01 ޖުމާދަލްއޫލާ  1448

12  އޮކްޓޫބަރު  2026

ހިމަނާފައިވާ ލިޔުންތައް

TOR.pdf