ވަޒީފާގެ ފުރުސަތު / ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވާލުން

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވާލުން

12/03/2025

schedule މުއްދަތު ހަމަވެފައި

  • އިއުލާން ނަންބަރު: (IUL)195-C/1/2025/14
  • މަސައްކަތް ކުރަންޖެހޭ ތަން: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
  • ބޭނުންވާ އަދަދު: 1
  • މުއްދަތު ހަމަވާ ތާރީހް: 15/03/2025 10:00:am

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވާލުން
ނަންބަރު:(IUL)195-C/1/2025/14
ތާރީޚް:12 މާރިޗު 2025
 

މި ކޮމިޝަންގެ ނަންބަރު (IUL)195-C/1/2025/13 (10 މާރިޗު 2025) އިޢުލާން އިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޯދުމަށް ކުރި އިޢުލާނުގެ ސުންގަޑި ހަމަވިއިރު އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީ، އަލުން ފުރުޞަތު ހުޅުވާލާ އިޢުލާން ކުރަމެވެ. 

އަލުން އިޢުލާން ކުރިކަމުގައިވިޔަސް މި ކޮމިޝަނުގެ ނަންބަރު (IUL)195-C/1/2025/13 (10 މާރިޗު 2025) އިޢުލާނާ ގުޅިގެން ފުރިހަމަކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަން އަލުން ހުށަހަޅަން ނުޖެހޭނެކަމުގައި ދަންނަވަމެވެ. 

 
ހުށަހަޅަންޖެހޭ ތަކެތީގެ ލިސްޓް
1.     ވަނަވަރު  

2.     އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު

3.     ވަނަވަރުގައި ޤާނޫނީ މަސައްކަތް ކުރަންޖެހޭ ވަޒީފާއެއް އަދާކޮށްފައިވާކަމަށް ބަޔާންކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާ އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ސަޕޯޓިންގ ޑޮކިއުމަންޓް

4.     ޝަރުޢީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީ 

5.     ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ

6.     އައިޑީ ކާޑުގެ ކޮޕީ
ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.
އަޚްލާޤާއި ސުލޫކު 
1.         މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން؛

2.         ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން؛

3.         ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން؛

4.         ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛ 

5.         އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛

6.         ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން؛

7.         އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާއެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުން؛

8.         ޖިނާއީ ކުށެއް ސާބިތުވެ ޙުކުމް ތަންފީޛު ކުރަމުންދާ މީހަކު ކަމުގައި ނުވުން؛
ޢުމުރު
9.         ޢުމުރުން ތިރީސް އަހަރު ވެފައިވާ މީހަކު ކަމުގައިވުން
ތަޢުލީމް
10.      އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން.
ތަޖުރިބާ
11.      ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 (ހަތެއް) އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
އިތުރު މަޢުލޫމާތު
އެޕްލިކޭޝަން ހުށަހަޅުއްވާނީ 15 މާރިޗު 2025 ވަނަ ދުވަހުގެ 10:00 ގެ ކުރިން މި ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. ފަހިރެސް ޕޯޓަލްގެ ލިންކް ތިރީގައިއެވަނީއެވެ.

https://apply.jsc.gov.mv

 

ހިމަނާފައިވާ ލިޔުންތައް

2025-03-12_IULAN-14-_signed.pdf