ޚަބަރު

ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު އަކްރަމްގެ މައްސަލަ ސާބިތުނުވާކަމަށް ނިންމުން

23/03/2022

ޤާނޫނު  ނަންބަރު  10/2008  (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ  22-1  ވަނަ މާއްދާގެ (ބ)ގެ ދަށުން  ކޮމިޝަނަށް ހުށަހެޅުނު 2021/14 ނަންބަރު ޝަކުވާއާ ގުޅިގެން 2021 އޮކްޓޫބަރު 12 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު އަކްރަމްގެ ސުލޫކީ...

ސިވިލް ކޯޓްގެ ޤާޟީ ޙަސަން ފަހީމް އިބްރާހީމްގެ ސުލޫކީ މައްސަލައެއް ތަޙްޤީޤްކުރަން ނިންމުން

23/03/2022

ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރުމުގައާއި މައްސަލަތައް ބެލުމުގައި ދޭންޖެހޭ ސަމާލުކަން ނުދީ، ފަރުވާކުޑަކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ތަޙްޤީޤުކުރުމަށް، 2022 މާރިޗް 16 ވަނަ ދުވަހު ބޭއްވި މި ކޮމިޝަނުގެ މިއަހަރުގެ 18 ވަނަ ޖަލްސާއިން ނިންމައި، ސިވިލް ކޯޓްގެ ޤާޟީ ޙަސަން ފަހީމް އިބްރާހީމްގެ ސުލޫކީ...

ގއ.ކޮނޑޭ މެޖިސްޓްރޭޓްކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު އިބްރާހިމް ސަސްޕެންޑް ކުރުމަށް ނިންމުން

16/03/2022

ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއް، މުހައްމަދު އިބްރާހީމްގެ މަސްލަހަތު ފުށުއަރާތީ އެ މައްސަލައިން ތަނާޒުލުވުމުމަށްފަހު، އެމައްސަލާގައި ދަޢުވާލިބޭފަރާތުގެ ވަކީލުންނަށް ފޮނުވާފައިވާ ކޯޓު އަމުރުތަކުގައި ސޮއިކޮށްފައިވަނީ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްކަމާއި، އަމުރުތަކުގައި ސޮއިކުރުމަށް އެ...

ރ.އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ ނަޝީދުގެ މައްސަލަ ސާބިތުނުވާކަމަށް ނިންމުން

10/03/2022

ޤާނޫނު  ނަންބަރު  10/2008  (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ  22-1  ވަނަ މާއްދާގެ (ބ)ގެ ދަށުން  ކޮމިޝަނަށް ހުށަހެޅުނު 2021/12 ނަންބަރު ޝަކުވާއާ ގުޅިގެން 2021 ފެބްރުއަރީ 23 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ރ.އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ ނަޝީދުގެ...

ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛާ ރިޒްމިނާ އިދްރީސްގެ މައްސަލަ ސާބިތުނުވާކަމަށް ނިންމުން

10/03/2022

ޤާނޫނު  ނަންބަރު  10/2008  (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ  22-1  ވަނަ މާއްދާގެ (ބ)ގެ ދަށުން  ކޮމިޝަނަށް ހުށަހެޅުނު 2021/14 ނަންބަރު ޝަކުވާއާ ގުޅިގެން 2021 މާރިޗު 29 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛާ ރިޒްމިނާ އިދްރީސްގެ ސުލޫކީ މައްސަލަ، ތަޙްޤީޤްކުރެވި...

ސިވިލް ކޯޓަށް 02 ފަނޑިޔާރުން ޢައްޔަންކުރުން

06/03/2022

ސިވިލް ކޯޓަށް 02 ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން އެމަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އިންޓަރވިއުގައި އެންމެ ޤާބިލުކަމަށް، ފަނޑިޔާރުން ޢައްޔަންކުރާ ކޮމިޓީން ކޮމިޝަނަށް ލަފާ...

ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަހްމަދުގެ މައްސަލައެއް ބެލުމަށް ނިންމުން

03/03/2022

ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދު މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގަ އާއި އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ބެލެވޭތީ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ ސުލޫކީ މައްސަލައެއް ތަޙުޤީޤުކުރުމަށް މި...

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމާ ގުޅޭ

20/02/2022

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނާ ހިލާފަށް އުފައްދާފައިވާ ކޯޓެއް ކަމަށް ވާތީ އެ ކޯޓު އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް 04 އޮކްޓޯބަރު 2020 ވަނަ ދުވަހު މި ކޮމިޝަނުން ނިންމާފައިވެއެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތުގެ ތެރެއިން މި ކޮމިޝަނަށް ފާހަގަވި ކަމަކީ އެ ކޯޓު އުފެދިފައިވާ ގޮތުގެ ގާނޫނީ...

ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދުގެ ސަސްޕެންޝަން އުވާލުމަށް ނިންމުން

26/12/2021

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގ ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލައިގައި މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ޑިޕާރޓްމަންޓުން ހަދައި، އެ އޯޑިއޯތަކުގައި ވާ އަޑުތަކުގެ ތެރެއިން އެއް އޯޑިއޯ ކްރިމިނަލް ކޯޓުގެ ޤާޟީ...

އދ.ދަނގެތީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު އާމިރުއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން

23/12/2021

 އދ.މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގެ ޝަރީއަތް ކުރިއަށް ގެންދިޔުމުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތަށް އެ ޤަޟިއްޔާގެ ޝަރީޢަތް ހިންގުމަށް އެއްވެސް މަސައްކަތެއް ކުރުމުގެ ބަދަލުގައި، ކުރިން ކުރެވިފައިވާ ތަޖުރިބާތަކެއްގެ ސަބަބުން ވަކި ޙާލަތެއް...

ސިވިލް ކޯޓްގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް އިބްރާހީމް އިސްމާޢީލްގެ ސުލޫކީ މައްސަލައެއް ތަޙްޤީޤްކުރަން ނިންމުން

20/12/2021

ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަކޮށްފައިވާކަމަށް ފާހަގަކުރެވިފައިވާ މައްސަލަ، ސިވިލް ކޯޓުގެ ޤާޟީ އާދަމް އިބްރާހީމް އިސްމާޢީލްގެ ސުލޫކީ މައްސަލައެއް ގޮތުގައި ތަޙްޤީޤުކުރުމަށް 2021 ޑިސެމްބަރ 13 ވަނަ ދުވަހު ބޭއްވި މި ކޮމިޝަނުގެ މިއަހަރުގެ 97 ވަނަ ޖަލްސާއިން ނިންމައި، މި މައްސަލަ ތަޙްޤީޤް ކުރުމަށް...

ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ގާނޫނާ ހިލާފަށް ދޫކުރަން ނިންމި ފައިސާގެ މައްސަލައާ ގުޅޭ

15/12/2021

ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ގާނޫނާ ހިލާފަށް ވިމަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރަން ނިންމި ފައިސާގެ މައްސަލައާ ގުޅޭގޮތުން ދަންނަވަމެވެ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ވިމަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ގާނޫނާ ހިލާފަށް ފައިސާތަކެއް ދޫކުރިކަމަށް ބުނާ މައްސަލައެއް 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މި...

Page 3 of 38