ޚަބަރު / ވ.ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛާ ޝީރީން ނާހިދާ ލަތީފް ސަސްޕެންޑްކުރުމަށް ނިންމުން

ވ.ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛާ ޝީރީން ނާހިދާ ލަތީފް ސަސްޕެންޑްކުރުމަށް ނިންމުން

16/01/2025

ވ.ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛާ ޝީރީން ނާހިދާ ލަތީފް އާ ގުޅޭގޮތުން މި ކޮމިޝަނުން ތަޙްޤީޤުކުރި މައްސަލަ، އިސްމެޖިސްޓްރޭޓް ޝީރީން ނާހިދާ ލަތީފްގެ މައްޗަށް ސާބިތުވާތީ އިސްމެޖިސްޓްރޭޓް ޝީރީން ނާހިދާ ލަތީފްގެ މި ޢަމަލަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 151 ވަނަ މާއްދާ އާއި، ޤާނޫނު ނަންބަރު 2010/13 (ފަނޑިޔާރުންގެ ޤާނޫނު)ގެ 32 ވަނަ މާއްދާގައި (ހ)ގެ (1) ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 6.1 ވަނަ ނަންބަރާއި، 6.2 ވަނަ ނަންބަރާއި އަދި 6.5 ވަނަ ނަންބަރާ ކަނޑައެޅިގެން ހިލާފު ޢަމަލެއްކަން ސާބިތުވާ ހިނދު، ގާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރިސް ކޮމިޝަނުގެ ގާނޫނު)ގެ 1-32 ވަނަ މާއްދާގެ (ހ)ގެ (3) ވަނަ ނަންބަރުގެ ދަށުން މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް، 2025 ޖަނަވަރީ 16 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް، 2025 ޖަނަވަރީ 15 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ 01 ވަނަ ޖަލްސާގައި ވަނީ ނިންމަވާފައެވެ.

ހިމަނާފައިވާ ލިޔުންތައް

2025-01-15_PR_Sheereen_sus 1.pdf