ޚަބަރު / ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި ލަފާދިނުމަށް ފަނޑިޔާރުންގެ ބޯޑެއް އުފެއްދުމަށް ނިންމުން
ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި ލަފާދިނުމަށް ފަނޑިޔާރުންގެ ބޯޑެއް އުފެއްދުމަށް ނިންމުން
ކޯޓުތަކުގެ އިދާރީ ހިންގުމާ ގުޅޭގޮތުން ސިޔާސަތު އެކަށައަޅާއިރު، ފަނޑިޔާރުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި އެކުލަވާލާ ސިޔާސަތުތަކަކީ ހާމަކަންބޮޑު އަދި ފަނޑިޔާރުންނާ މަޝްވަރާ ކުރެވިގެން އެކުލަވާލެވޭ ސިޔާސަތުތަކެއްކަމަށް ހެދުމަށްޓަކައި، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ ޢާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމުގެ ކަންކަމުގައި ފަނޑިޔާރުންގެ ފަރާތުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލަފާދިނުމަށްޓަކައި، 09 މެންބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް "ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި ލަފާދޭ ފަނޑިޔާރުންގެ ބޯޑު" އުފެއްދުމަށް 2024 ފެބްރުވަރީ 19 ވަނަ ދުވަހު ބޭއްވުނު ކޮމިޝަނުގެ ޖަލްސާގައި ވަނީ ނިންމަވާފައެވެ.
އެގޮތުން މި ބޯޑުގައި ހިމެނެނީ؛
1. ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު
2. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް
3. ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު
4. ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓު، ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ތަމްސީލްކުރައްވާ ފަނޑިޔާރު
5. ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓު، ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ތަމްސީލްކުރައްވާ ފަނޑިޔާރު
6. ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތައް، ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ތަމްސީލްކުރައްވާ ފަނޑިޔާރު
7. ސުޕީރިއަރ ކޯޓުތަކުގެ އިސްޤާޟީންގެ ތެރެއިން އުއްތަމަފަނޑިޔާރު ޢައްޔަންކުރައްވާ ފަނޑިޔާރަކު
8. މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ތެރެއިން އުއްތަމަފަނޑިޔާރު ޢައްޔަންކުރައްވާ ފަނޑިޔާރަކު
9. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ
މި ބޯޑުގެ މެންބަރުންގެ ތެރެއިން 7 ވަނަ ނަންބަރާއި 8 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ މެންބަރުން ޢައްޔަންކުރެވޭނީ، ފަނޑިޔާރުންގެ މެދުގައި ބަހާލެވޭ އުޞޫލަކުން ކޮންމެ އަހަރަކުން 01 ފަހަރު ބަދަލުވާ ގޮތުގެމަތީންނެވެ.
ހިމަނާފައިވާ ލިޔުންތައް
2024-02-19_PR_Judges Board ufedhdhun 1.pdf-
ފަހުގެ ލިޔުންތައް
-
ނ.މާފަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު އީމާން، އއ.ފެރިދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރުން
20 August 2024
-
04 މެޖިސްޓްރޭޓަކު މަސައްކަތް ކުރައްވާ ކޯޓު ބަދަލުކުރުމަށް ނިންމުން
02 July 2024
-
ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛާ ޙައްވާ އިބްރާހީމް، ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރުން
18 March 2024
-
މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
22 February 2024
-
ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި ލަފާދިނުމަށް ފަނޑިޔާރުންގެ ބޯޑެއް އުފެއްދުމަށް ނިންމުން
19 February 2024
-
ފަހުގެ ލިޔުންތައް
-
ނ.މާފަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު އީމާން، އއ.ފެރިދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރުން
20 August 2024 12:08
-
04 މެޖިސްޓްރޭޓަކު މަސައްކަތް ކުރައްވާ ކޯޓު ބަދަލުކުރުމަށް ނިންމުން
02 July 2024 12:07
-
ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛާ ޙައްވާ އިބްރާހީމް، ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރުން
18 March 2024 12:03
-
މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
22 February 2024 12:02