ސަރކިއުލަރ / ފަނޑިޔާރުން ރަށުން ބޭރަށް ދަތުރު ކުރުން
ފަނޑިޔާރުން ރަށުން ބޭރަށް ދަތުރު ކުރުން
ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެ ފަނޑިޔާރަކު ވެސް އޭނާގެ ހުރިހައި ވަގުތެއް ތަޚްޞީޞްކުރަން ވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ޤާނޫނު އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ބަޔާންކޮށްފައި ވީހިނދު، ހަފްތާ ބަންދު ދުވަސްތަކުގައި ނުވަތަ ރަސްމީ ބަންދު ދުވަސްތަކުގައި ވިޔަސް ފަނޑިޔާރުން ޢައްޔަނު ކުރެވިފައިވާ ކޯޓު ނުވަތަ ދާއިރާއިން ބޭރަށް ނުވަތަ ރާއްޖޭއިން ބޭރަށް ވަޑައިގަންނަވާނަމަ އެކަން ތިރީގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން އެނގުމަށް ދަންނަވަމެވެ.
- އުއްތަމަފަނޑިޔާރާއި، ހައިކޯޓުގެ އިސްފަނޑިޔާރާއި، ސުޕީރިއާރ ކޯޓުތަކުގެ އިސްޤާޟީންނާއި، ޖުޑީޝަލް ދާއިރާތަކުގެ އިސްމެޖިސްޓްރޭޓުން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ އެކަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އެންގެވުން.
- އުއްތަމަ ފަނޑިޔާރު ފިޔަވައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ އެކަން އުއްތަމަ ފަނޑިޔާރަށް އެންގެވުން.
- ހައިކޯޓުގެ އިސްފަނޑިޔާރު ފިޔަވައި އެކޯޓުގެ ފަނޑިޔާރުން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ އެކަން ހައިކޯޓުގެ އިސްފަނޑިޔާރަށް އެންގެވުން.
- ސުޕީރިއަރ ކޯޓުތަކުގެ ޤާޟީން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ އެކަން އެކޯޓެއްގެ އިސްޤާޟީއަށް އެންގެވުން.
- ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓުން ޤާއިމުވެ ތިއްބަވާ ރަށުން، ބޭރަށް ވަޑައިގަންނަވާނަމަ އެކަން އެޖުޑީޝަލް ދާއިރާއެއްގެ އިސްމެޖިސްޓްރޭޓަށް އެންގެވުން.
ހިމަނާފައިވާ ލިޔުންތައް
2024-11-13_CIR_14_Fandiyaarun Rashun beyrah dhathuru kurun.pdf-
ފަހުގެ ލިޔުންތައް
-
ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރެއްވުން
15 January 2025
-
ފަނޑިޔާރުން މާލީ ބަޔާން ހުށަހެޅުމާ ގުޅޭ
13 January 2025
-
ފަނޑިޔާރުކަމުގެ މަޤާމު ހުސްވުން
25 December 2024
-
ފަނޑިޔާރުން ރަށުން ބޭރަށް ދަތުރު ކުރުން
17 November 2024
-
ފަނޑިޔާރުންގެ ހާޒިރީއާއި ޗުއްޓީ ހަމަޖެއްސުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން ޚާއްޞަ ޗުއްޓީ ހަމަޖައްސަން ހުށަހަޅުއްވާ ޙާލަތާ ގުޅިގެން ކޮމިޝަނުން ނިންމާފައިވާ ނިންމުން
16 October 2024