ސަރކިއުލަރ / ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގައި ޚާއްސަ ޗުއްޓީ ހަމަޖައްސައިދެވޭނެ އުސޫލުތައް

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގައި ޚާއްސަ ޗުއްޓީ ހަމަޖައްސައިދެވޭނެ އުސޫލުތައް

09/02/2021

ކޮވިޑް -19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިޢުލާނުކޮށްފައިވާ ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގައި، ފަނޑިޔާރުން ޢަމަލުކުރައްވަންޖެހޭ ޚާއްޞަ އުސޫލުތައް ބަޔާންކޮށް ޢާއްމުކޮށްފައިވާ މިކޮމިޝަނުގެ ނަންބަރު 19/2020/CIR/C-JSC( 05 ޖުލައި 2020 ) ސަރކިއުލަރ ގައިވާ ހާލަތްތަ ކުގައި މެޑިކަލް ސެޓްފިކެޓްއަކާ ނުލާ "ފުރަބަންދު ކަރަންޓީން" އަށް ދެވޭ ޚާއްސަ ޗުއްޓީ ހަމަޖައްސައިދެވޭނީ: 1 .ޒަރޫރީ ބޭނުމެއްގައި ރާއްޖެއިން ބޭރަށް ދަތުރުކުރުމުންނާއި، އަނބުރާ ރާއްޖެއަށް އައުމުގެ ސަބަބުން ކަރަންޓީން ވާން ޖެހުން. 2 .ޒަރޫރީ ބޭނުމެއްގައި ދިވެހިރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރަން ޖެހުމުގެ ސަބަބުން ކަރަންޓީން ވާންޖެހުން. 3 .ދިވެހިރާއްޖޭގެ ވަކި ރަށެއްގައި ހުރުމަށްފަހު އެ ރަށް ދޫކޮށް ދާންޖެހޭ ފަދަ ޚާއްސަ ޙާލަތެއް ދިމާވުމުގެ ސަބަބުން ކަރަންޓީން ވާންޖެހުން. އަދި ބުނެވިދިޔަ ޙާލަތްތައް ނޫން ޙާލަތެއްގައި ރާއްޖެއިން ބޭރަށާއި، އަދި ރާއްޖޭގެ ރަށްތަކަށް ދަތުރުކުރައްވާ ފަނޑިޔާރުން ކަރަންޓީނު ވާންޖެހޭ މުއްދަތުގައި، އޮންލައިންކޮށް މަސައްކަތް ކުރެވޭނޭ އިންތިޒާމް ކަރަންޓީނު މުއްދަތު ފެށުމުގެ ކުރިން، ދުރާލާ ހަމަޖައްސަވަން ވާނެއެވެ. މި ސަރކިއުލަރގައިވާ ގޮތުގެމަތީން ޢަމަލުކުރަން ފަށާނީ 15 ފެބްރުވަރީ 2021 ވަނަ ދުވަހުން ފެށިގެންނެވެ.

ހިމަނާފައިވާ ލިޔުންތައް

99_20210823.pdf