ޚަބަރު / ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް ސަސްޕެންޑް ކުރުމަށް ނިންމުން

ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް ސަސްޕެންޑް ކުރުމަށް ނިންމުން

23/07/2023

ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްއާ ގުޅޭގޮތުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން 2023 މޭ 25 ގައި ވަޒީފާއަށް ނުނިކުވެ މަޑުކުރުމަށް މިކޮމިޝަނުން އަންގާފައިވާ އެންގުން 60 ދުވަސްވުމާއެކު މިއަދުގެ ނިޔަލަށް ނިމޭނެއެވެ. 

ނަމަވެސް، ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުކޮށް، ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްއާ ގުޅޭގޮތުން މި ކޮމިޝަނުން ތަޙްޤީޤުކުރަމުންދާ އެހެން މައްސަލައެއްގައި 2023 ޖޫން 21 ވަނަ ދުވަހު ނަގާފައިވާ ފަނޑިޔާރުގެ ބަޔާނަށް ރިޢާޔަތްކުރުމަށްފަހު، ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްއާ ގުޅޭގޮތުން ތަޙުޤީޤު ކުރަމުންދާ މައްސަލައިގެ ބާވަތަށާއި، ތަޙުޤީޤަށް ހޯދިފައިވާ މަޢުލޫމާތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، މެޖިސްޓްރޭޓް ޢަލީ އާދަމް، 24 ޖުލައި 2023 އިން ފަށައިގެން ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް، އެންގުމަށް 2023 ޖުލައި 12 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ 46 ވަނަ ޖަލްސާގައި ވަނީ ނިންމަވާފައެވެ.

ހިމަނާފައިވާ ލިޔުންތައް

2023_07_13_PR_AliAdamSUS (2).pdf