ޚަބަރު / ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފަރުހާދު ރަޝީދުގެ ސުލޫކީ މައްސަލައެއް ފާހަގަނުވާކަމަށް ނިންމުން
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފަރުހާދު ރަޝީދުގެ ސުލޫކީ މައްސަލައެއް ފާހަގަނުވާކަމަށް ނިންމުން
ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތައް ލަސްކުރުމަށްޓަކައި މައްސަލައިގައި ޤާޟީ ފަރުހާދު ރަޝީދު ރިޝްވަތުގެ ގޮތުގައި އެކި މަންފާތައް ހޯދަމުން ގެންދާކަމަށާއި، މައްސަލަތަކުގެ ފައިލްތައް ކޯޓުން ބޭރަށް ގެންދާކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން މީޑިއާގައި ދައުރުވި ޚަބަރުތަކުގައި ފަނޑިޔާރަށް ބޮޑެތި ތުހުތަމެއް ކޮށްފައިވުމާ ގުޅިގެންނާއި، މި މައްސަލަ ކޮމިޝަނަށް ހުށަހެޅުމާ ގުޅިގެން، ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމުގައި ގެންގުޅޭ އުޞޫލުގެ ތެރެއިން މި މައްސަލަ ބެލިބެލުމުން، ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއް ފަނޑިޔާރަކު ކޮށްފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ ޝަކުވާގެ އެއްވެސް ހެއްކެއް އަދި މި ޝަކުވާއަށް ބާރުދޭ އެއްވެސް ހޯދުމެއް ހޯދިފައިނުވާތީ، މި ޝަކުވާއަކީ ސައްޚަ ޝަކުވާއެއް ކަމަށް ކޮމިޝަނަށް ނުފެންނާތީ، ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލާނެ ޖާގައެއް ނެތްކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.
އަދި ސާބިތު ނުހިފޭ މިފަދަ ތުހުމަތުތައް މީޑިއާތަކުގައި ގެނެސްދިނުމުގައި ފަނޑިޔާރުގެ އިއްޒަތާއި އަބުރަށް އުނިކަމެއް ނާންނާނެހެން ޒިންމާ ދާރުކަމާއެކު ޚަބަރުތައް ގެނެސްދިނުމަށް ކޮމިޝަނުން އިލްތިމާސްކުރަމެވެ.
ހިމަނާފައިވާ ލިޔުންތައް
2023-04-02_PR_Faruhadh Rasheed_Massala Balan Nufenna kamah (1).pdf-
ފަހުގެ ލިޔުންތައް
-
ދިވެހިރާއްޖޭގެ ހައިކޯޓާއި، ކްރިމިނަލް ކޯޓަށާއި މެޖިސްޓްރޭޓަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
08 June 2023
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް ސަސްޕެންޑްކުރުމަށް ނިންމުން
25 May 2023
-
05 ޖުޑީޝަލް ދާއިރާއަކަށް ޢައްޔަންކުރުމަށް ނިންމާފައިވާ ފަރާތްތަކަށް ފަތްކޮޅު އެރުވުން
15 May 2023
-
ސިވިލް ކޯޓުގެ އިސްޤާޟީ އަދި ކްރިމިނަލް ކޯޓުގެ އިސްޤާޟީ އައްޔަނުކޮށް ފަތްކޮޅު އެރުވުން
09 May 2023
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފަރުހާދު ރަޝީދުގެ ސުލޫކީ މައްސަލައެއް ފާހަގަނުވާކަމަށް ނިންމުން
11 April 2023
-
ފަހުގެ ލިޔުންތައް
-
ދިވެހިރާއްޖޭގެ ހައިކޯޓާއި، ކްރިމިނަލް ކޯޓަށާއި މެޖިސްޓްރޭޓަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
08 June 2023 12:06
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް ސަސްޕެންޑްކުރުމަށް ނިންމުން
25 May 2023 12:05
-
05 ޖުޑީޝަލް ދާއިރާއަކަށް ޢައްޔަންކުރުމަށް ނިންމާފައިވާ ފަރާތްތަކަށް ފަތްކޮޅު އެރުވުން
15 May 2023 12:05
-
ސިވިލް ކޯޓުގެ އިސްޤާޟީ އަދި ކްރިމިނަލް ކޯޓުގެ އިސްޤާޟީ އައްޔަނުކޮށް ފަތްކޮޅު އެރުވުން
09 May 2023 12:05