ސަރކިއުލަރ /

ފަނޑިޔާރުން މާލީ ބަޔާން ހުށަހެޅުމާ ގުޅޭ

03/01/2021

24 ޑިސެންބަރު 2020 ގައި އާއްމުކުރެވިފައިވާ "ފަނޑިޔާރުންގެ މާލީ ބަޔާނާބެހޭ ޤަވާއިދު" ގައިވާ ގޮތަށް ކޮންމެ އަހަރަކު އެއް ފަހަރު މި ކޮމިޝަނަށް ހުށަހަޅުއްވަންޖެހިވަޑައިގަންނަވާ މާލީ ބަޔާން، ކޮންމެ މީލާދީ އަހަރެއް ނިމުމުން ޖެހިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ އެންމެ ފަހު ދުވަހުގެ ކުރިން މި ކޮމިޝަނަށް ހުށަހަޅުއްވުމަށް ދަންނަވަމެވެ.

މިހާރު ފަނޑިޔާރުން ހުށަހަޅުއްވާ މާލީ ބަޔާނުގެ ފޯމަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާތީ ފޯމު ފުރިހަމަކުރެއްވުމަށް އެހީތެރިވުމުގެ ގޮތުން ނަމޫނާ ފޯމެއް މި ސަރކިއުލާރ އާއެކު ފޮނުވީމެވެ.

2020 ވަނަ އަހަރު އައްޔަނު ކުރެވުނު ފަނޑިޔާރުން ހުށަހަޅުއްވާނީ އައްޔަނު ކުރެވުނު ތާރީޚުން ފެށިގެން 31 ޑިސެންބަރު 2020 ގެ ނިޔަލަށެވެ.

މި ޤަވާއިދާއި ފޯމްތައް މި ކޮމިޝަންގެ ވެބްސައިޓް www.jsc.gov.mv  އިން ޑައުންލޯޑް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އެޓޭޗްމަންޓް

94_20210823.pdf