ޚަބަރު / ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން

ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން

01/12/2022

ސުޕްރީމް ކޯޓުން ބެއްލެވި އިސްތިއުނާފަކާމެދު އެ ކޯޓުން ހުކުމް ކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް، އެ އިސްތިއުނާފުގައި ހިމެނޭ ޚަޞްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރީއްކޮޅު، އެ ޝަރީއަތް ހިންގުމުގައި ބައިވެރިވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒު އަލީ ޒާހިރު ޙަވާލުވެވަޑައިގެންފައިވާކަމަށް ބުނާ މައްސަލައެއް ފަނޑިޔާރު އަލްއުސްތާޛު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފެންނަކަމަށް މި ކޮމިޝަނުން އިއްޔެ ނިންމައި އެ މައްސަލައިގެ ތަހުގީގު ކޮމިޓީ އެކުލަވާލައިފައިވެއެވެ.

ހިމަނާފައިވާ ލިޔުންތައް

2022-11-30_PR Mahaaz.pdf