ޚަބަރު / ނ.ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޙަސަން މަނިކުއަށް ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން
ނ.ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޙަސަން މަނިކުއަށް ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން
ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޙަސަންމަނިކުއާ ގުޅޭގޮތުން މި ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް ތަހުގީގުކުރެވި ތައްޔާރުކުރެވުނު ރިޕޯޓް މިދިޔަ ބުދަ ދުވަހު ބޭއްވި މި ކޮމިޝަންގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.
މި ގޮތުން ތަހުގީގުކުރެވުނު މައްސަލާގައި ނިންމާފައި ވަނީ، މަނަދޫ މެޖިސްޓްރޭޓް ކޯޓުން ކުރިއަށް ގެންދިޔަ ހަޟާނަތާ ގުޅޭ ޤަޟިއްޔާއެއްގައި ދައުވާ ކުރާ ފަރާތުގެ އެދުމަށް ނެރުނު ވަގުތީ އަމުރެއްގެ ދަށުން، ދައުވާ ލިބޭ ފަރާތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ދައުވާ ކުރާ ފަރާތުގެ ބެލުމުގެ ދަށަށް ގެންދެވި، ދައުވާ ކުރާ ފަރާތުން ދައުވާ ކުރި ބޭނުން ހާސިލްވެފައި ވަނިކޮށް، ކޯޓުގެ ހުއްދަ ހޯދުމަކާނުލައި ދައުވާ ކުރާ ފަރާތް ރަށުން ފުރައިގެން ގޮސްފައިވުމުގެ ސަބަބުން ދީފައިވާ އެޑްރެހަށް ޗިޓް ރައްދުކުރެވިފައި ނުވާތީކަމަށް ބުނެ، ދައުވާ ލިބޭ ފަރާތުގެ ބަހެއް ހޯދުމެއް ނެތި އަދި ކޯޓުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނުކުމެފައިވާ ނަތީޖާތަކަށް ބެލުމެއްނެތި އަދި ހަވާލާދެވުނު ވަގުތީ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލްކޮށްފައި ވިޔަސް އެކަމަށް ވެސް ރިއާޔަތްކުރުމެއް ނެތި، އެ ޤަޟިއްޔާ އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ބުނެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޙަސަންމަނިކު އެ ޤަޟިއްޔާ ނިންމައި ޙުކުމްކުރުމުގެ ސަބަބުން ޝަރުޢީ ނިޒާމުގެ ތެރެއިން ނަހަމަ މަންފާ ދައުވާ ކުރާ ފަރާތަށް ލިބިފައިވާކަން ސާބިތުވާކަމަށެވެ.
އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޙަސަންމަނިކުގެ މި ޢަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.7 އަދި 3.1 އާ ޚިލާފަށް އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޙަސަންމަނިކު ކޮށްފައިވާ ޢަމަލެއްކަމަށްވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޙަސަންމަނިކަށް ނަޞޭޙަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް ކޮމިޝަނުން އެ ދުވަހު ނިންމިއެވެ.
ހިމަނާފައިވާ ލިޔުންތައް
2022-11-07_Manik.pdf-
ފަހުގެ ލިޔުންތައް
-
ދިވެހިރާއްޖޭގެ ހައިކޯޓާއި، ކްރިމިނަލް ކޯޓަށާއި މެޖިސްޓްރޭޓަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
08 June 2023
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް ސަސްޕެންޑްކުރުމަށް ނިންމުން
25 May 2023
-
05 ޖުޑީޝަލް ދާއިރާއަކަށް ޢައްޔަންކުރުމަށް ނިންމާފައިވާ ފަރާތްތަކަށް ފަތްކޮޅު އެރުވުން
15 May 2023
-
ސިވިލް ކޯޓުގެ އިސްޤާޟީ އަދި ކްރިމިނަލް ކޯޓުގެ އިސްޤާޟީ އައްޔަނުކޮށް ފަތްކޮޅު އެރުވުން
09 May 2023
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފަރުހާދު ރަޝީދުގެ ސުލޫކީ މައްސަލައެއް ފާހަގަނުވާކަމަށް ނިންމުން
11 April 2023
-
ފަހުގެ ލިޔުންތައް
-
ދިވެހިރާއްޖޭގެ ހައިކޯޓާއި، ކްރިމިނަލް ކޯޓަށާއި މެޖިސްޓްރޭޓަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
08 June 2023 12:06
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް ސަސްޕެންޑްކުރުމަށް ނިންމުން
25 May 2023 12:05
-
05 ޖުޑީޝަލް ދާއިރާއަކަށް ޢައްޔަންކުރުމަށް ނިންމާފައިވާ ފަރާތްތަކަށް ފަތްކޮޅު އެރުވުން
15 May 2023 12:05
-
ސިވިލް ކޯޓުގެ އިސްޤާޟީ އަދި ކްރިމިނަލް ކޯޓުގެ އިސްޤާޟީ އައްޔަނުކޮށް ފަތްކޮޅު އެރުވުން
09 May 2023 12:05