ޚަބަރު / ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަޤާމުން ވަކިވުމަށް ފުރުޞަތު ލިބޭގޮތަށް ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދަށް އިޞްލާޙު ގެނައުން
ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަޤާމުން ވަކިވުމަށް ފުރުޞަތު ލިބޭގޮތަށް ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދަށް އިޞްލާޙު ގެނައުން
55 އަހަރު ނުވިނަމަވެސް، ފަނޑިޔާރުކަމުގައި ދިގުމުއްދަތަކަށް ހިދުމަތްކޮށްދެއްވުމަށްފަހު އިސްތިއުފާ ދެއްވާ ފަނޑިޔާރުންނަށް ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވެވޭނެގޮތަށް ފަނޑިޔާރުންގެ ރިޓަޔަރމަންޓް ޤަވާއިދު އިސްލާހުކޮށް 2022 އޮކްޓޯބަރު 31ވަނަ ދުވަހުވަނީ ގެޒެޓްކޮށްފައެވެ.
އެގޮތުން، ފަނޑިޔާރުކަމުގައި 10 އަހަރު ހިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކުގެ ތެރެއިން ވޭތުވެދިޔަ 1 އަހަރު ތެރޭގައި ސުލޫކީ މައްސަލައެއް ސާބިތުވެ އިސްލާހީ ފިޔަވަޅެއްގެ ގޮތުން ނަޞޭޙަތްދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަން އަންގާފައިނުވާ ފަނޑިޔާރުންނާއި ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ސުލޫކީ މައްސަލައެއް ސާބިތުވެ އިސްލާހީ ފިޔަވަޅެއްގެ ގޮތުން މުސާރައާއި ޢިނާޔަތްތައް ލިބޭ ގޮތަށް ނުވަތަ ނުލިބޭ ގޮތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން ގިނަވެގެން 3 (ތިނެއް) މަސްދުވަހަށް މަނާކޮށްފައިނުވާ އަދި ހުރި މަޤާމަށްވުރެ ދަރަޖަ ދަށްކޮށްފައިނުވާ ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުމަށް އެދޭ ފަނޑިޔާރުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އަދި ޝަރުޢީ ދާއިރާއަށް ކޮށްދެއްވާފައިވާ މަސައްކަތް ފާހަގަކުރުމުގެ ގޮތުން މިޤަވާއިދުގައިވާ ގޮތުގެ މަތިން ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިކޮށްދެވޭނެއެވެ. ނަމަވެސް، ތައުދީބީ މައްސަލައެއްގައި ފަނޑިޔާރުންގެ ވަޒީފާއިން ވަކިކުރުމަށް ނިންމާ ފަނޑިޔާރުންނާއި، ފަނޑިޔާރެއްގެ މަޤާމުގައި ހުރެ ކުރި ކަމެއްގެ ސަބަބުން އޭނާއާމެދު އެޅިދާނެ ތައުދީބީ ފިޔަވަޅަކުން ބަރީއަވުމަށްޓަކައި ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާދޭ ނުވަތަ ވަކިވާ ފަރާތްތައް މިޤަވާއިދުން އިސްތިސްނާކުރެވެއެވެ.
މިފަދައިން ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވާ ފަނޑިޔާރުންނަކީ މިޤަވާއިދުގައި 2 ވަނަ މާއްދާގައި ބުނާ އިނާޔަތްތައް ލިބިދެވޭނެ ފަރާތްތަކެއް ނޫނެވެ.
ހިމަނާފައިވާ ލިޔުންތައް
2022-11-01_PR_Retirement_Islaah (1).pdf-
ފަހުގެ ލިޔުންތައް
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023
-
މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023
-
ފަހުގެ ލިޔުންތައް
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023 12:01
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023 12:01
-
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023 12:01
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023 12:01